ads
ރައީސް ޑރ. މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި
ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުން އަންނަ މަހު 5 ގައި
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ރިޔާސީ ބަޔާން އިއްވަވަން ބާއްވާ ޖަލްސާ އަންނަމަހުގެ 5 ދުވަހަށް މަޖިލީހުން އެޖެންޑާކޮށްފި އެވެ.
Advertisement

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އަކީ ކޮންމެ އަހަރަކު ވެސް އެ އަހަރަކަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ގޮތުން ބާއްވާ ފުރަތަމަ ޖަލްސާ އެވެ. 

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ވާ ގޮތުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލިހަށް އިއްވަން ވާނެ އެވެ.

މަޖިލީހުގެ ދައުރު މި އަހަރަށް ފެށުމުގެ ގޮތުން ބާއްވާ ޖަލްސާގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެ އެވެ. ޖަލްސާ އޮންނާނީ ފަސްވަނަ ދުވަހުގެ ހެނދުނު 9:00 ގައެވެ.

ފެބްރުއަރީމަހުގެ 9 ވާ ހޯމަދުވަހު ބާއްވާ މި ޖަލްސާގެ އެޖެންޑާގައި އޮންނާނީވެސް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން އެކަންޏެވެ.

ރައީސްގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއާ ހަމައަށް ދިޔައިރު އެމަނިކުފާނުގެ ވަޒީރުންނަށް އަދި މަޖިލީހުގެ ރުހުން ދީފައެއް ނުވެ އެވެ. މި ނިމުނު ދައުރު ނިންމާލީ، އެ މައްސަލާގައި ގޮތެއް ނުނިންމަ އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް