ads
ޗެރިޓީ ޝީލްޑް ކާމިޔާބު ކުރި ގަމު ޓީމު
ގޯލްޑަން ފުޓްސަލް: ޗެރިޓީ ޝީލްޑް ގަމަށް، ފައިސާ ފަލަސްތީނަށް
ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ، ގޯލްޑަން ފުޓްސަލްގެ މި އަހަރުގެ ޗެރިޓީ ޝީލްޑް މެޗު، އެންމެ ފަހުގެ ޗެމްޕިއަން، ލ. ގަމުން ކާމިޔާބުކޮށްފިއެވެ.

ލ. ގަމުން ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކުރީ، ރޭ، ތިމަރަފުށްޓާ ދެކޮޅަށް ކުޅެ ތިން ލަނޑު ދެ ލަނޑުންނެވެ. މޮޅުވި ލަނޑު ގަމުން ޖެހީ މެޗުގެ އެންމެ ފަހު ވަގުތުއެވެ. 

މިއީ، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ޗެރިޓީ ޝީލްޑް މެޗެއް ބޭއްވި ދެ ވަނަ ފަހަރެވެ. ދެ ފަހަރު ވެސް ޝީލްޑް މެޗުން، ތިމަރަފުށި މި ވަނީ ބަލިވެފަ އެވެ. މިދިޔަ ފަހަރު، ތިމަރަފުށި ބަލިވީ ގާފަރު އަތުންނެވެ.

ރޭގެ ޗެރިޓީ ޝީލްޑް މެޗުން، މޮޅުވި ގަމަށް ލިބުނު 25،000 ރުފިޔާ ވަނީ ފަލަސްތީނުގެ ގާޒާ ރައްޔިތުންނަށް ހަދިޔާކޮށްފަ އެވެ. މި ފައިސާ ފަލަސްތީނާ ހަމައަށް ފޯރުކޮށްދޭން ހަވާލުކޮށްފައިވަނީ، "އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)"އާ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް