ads
ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ކޮމަންޑޫއަށް ލިބުން ގެއްލުން ކުޑަ: އެންޑީއެމްއޭ
އެޅިފައި ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުންކޮމަންޑޫއަށް ލިބުން ގެއްލުން ކުޑަ ކަމަށް އެންޑީއޭމްއޭ އިން ބުނެފި އެވެ.

މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އެންޑީއެމްއޭއިން ބުނީ ޖަނުވަރީ 12-13 ވަނަ ދުވަހު ކޮމަންޑޫ އަށް އުދަ އަރަމުން ދިޔުމާއި ގުޅިގެން މިކަމަށް އިޖާބަ ދިނުމަށް ކުރިން ޖެހޭ މަސައްކަތް ކޮމަންޑޫގެ ކޮމިއުނިޓީ އެމާޖެންސީ ރެސްޕޯންސް ޓީމާއި ގުޅިގެން ކުރިޔަށް ގެންގޮސްފައިވާކަމަށެވެ. 

އެ ޕޯސްޓުގައި ވާ ގޮތުން ރައްކާތެރިކަމަށް އެޅުނު ފިޔަވަޅުތަކުގެ ސަބަބުން އެރަށުން ގެއްލުން ލިބުނު ކަމަށް ރިޕޯޓު ކުރެވިފައިވަނީ 3 ގެއަކުންކަމަށެވެ.

މުޅި ރާއްޖެ އަށް ކުރި ވިއްސާރައިގައި ކޮމަންޑޫއަށް އުދައަރާ ގެތަކަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވެ އެވެ.

އެ ރަށު ކައުންސިލުން ބުނީ އުދައެރުމުގެ ސަބަބުން ގޭގެއަށް ލޮނު ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އުދައިގެ ސަބަބުން ގޭގެޔަށް ލޮނު ވަދެ ހިފާ ގެންގުޅޭ ގިނަ ތަކެއްޗަށް ގެއްލުން ލިބުނު ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި ކައުންސިލާއި އެމްޓީސީސީ އަދި ފުލުހުން ގުޅިގެން ލޮނު ހިންދުމުގެ މަސައްކަތް ކުރިކަމަށް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް