ads
ފަތުރުވެރިންތަކެއް ވީއައިއޭގައި - ފޮޓޯ: އެޓޯލް ޓައިމްސް
ފުރަތަމަ 9 ދުވަސް، ބައިލައްކައަށް ވުރެ ގިނަ ފަތުރުވެރިން ގިނައީ ރަޝިޔާ މީހުން
މިއަހަރުގެ ފުރަތަމަ ހަފްތާ ނިމުނު އިރު ބައި ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ.

 ފަތުރުވެރިކަމުގެ ވުޒާރާއިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރުގެ ފުރަތަމަ 9 ދުވަހުގެ ތެރޭގައި 50،983 ފަުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މި ނަމްބަރުތައް ދައްކާ ގޮތުން މިހާރު ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް 5600 ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އާދެއެވެ. 

މިދިޔަ އަހަރުގެ ފުރަތަމ ނުވަދުވަހުގެ ތެރޭގައި ރާއްޖެ އައިސްފައިވަނީ 47،931 ފަތުރުވެރިންނެވެ. އެހެންކަމުން މި އަހަރުގެ ފެށުން ރަނގަޅުއިރު މީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %6.4 ކުރިއެރުމެކެވެ. މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިމަހުގެ 2 ވަނަދުވަހުއެވެ. އެދުވަހު 6640 ފަތުރުވެރިން ވަނީ ރާއްޖެއަށް އެތެރެވެފައެވެ. 

އެންމެ ގިނަ ފަތުރުވެރިން އައި 3 ޤައުމުން 

  1. ރަޝިޔާ / 7061 ފަތުރުވެރިން
  2. އިޓަލީ / 7204 ފަތުރުވެރިން
  3. އިންޑިއާ / 3791 ފަތުރުވެރިން 

މި އަހަރު މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. މިދިޔަ އަހަރު ނިމުނުއިރު އެންމެ ގިނ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކުރި އިންޑިއާ މިހާރު އޮތީ 3 ވަނާގައެވެ. ރާއްޖެއާއި އިންޑިއާ ދެމެދު ހިނގާ ބަހުގެ ހަމަލާތަކުގައި އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް ނައުމަށް އެޤައުމުގައި ދަނީ ވަރުގަދަ ސޯޝަލް މީޑިއާ ކެމްޕެއިނެއް ހިންގަމުންނެވެ. އަދި ބައެއް ފިލްމީ ތަރިން ރާއްޖެ އަށް ހަދާފައިވާ ބުކިންތައްވެސް އަންނަނީ ކެންސަލްކުރަމުންނެވެ. 

މިދިޔަ އަހަރު ނިންމާލީ 1.8 ފަތުރުވެރިންނާއި އެކުއެވެ. މި އަހަރުގެ ސަރުކާރުގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް