ads
މާލެ ސަރަހައްދުގައި ނިމުނު އަހަރު 2426 ކައިވެނި، 1280 ވަރި
މާލެ ސަރަހައްދުގައި ނިމިދިޔަ އަހަރު 2426 ކައިވެނި އަދި 1280 ވަރި ކުރެވުނު ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

އެ ކޯޓުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން ކައިވެނި ކޮށްދެވިފައި ވަނީ ސްކޫލު ބަންދު ދުވަސްވަރު އެވެ. އެ ގޮތުން ޑިސެމްބަރު މަހު 306 ކައިވެނި ކޮށްދީފައިވާ އިރު ޖުލައި މަހުގެ ތެރޭގައި 281 ކައިވެނި ކޮށްދެވިފައި ވެއެވެ.

މީގެ އިތުރުން އެންމެ ގިނަ ވަރި ކުރެވިފައިވަނީ އޮކްޓޫބަރު މަހުގެ ތެރޭގައި އެވެ. އެ ގޮތުން އެ މަހު 139 ވަރީގެ މައްސަލަ ކުރިޔަށް ގެންގޮސް ވަރި ކުރެވިފައިވާކަމަށް އެ ރިޕޯޓުގައި ވެއެވެ. 

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު ފެމިލީ ކޯޓުން 173 މައްސަލައެއް ނިންމާފައި ވާއިރު، އޭގެ ތެރޭގައި ވަރީގެ 120 މައްސަލައެއް ހިމެނެ އެވެ. 

އަދި އެ ކޯޓުން ވަނީ ހަރަދުގެ 19 މައްސަލައެއް އަދި އާއިލީ އެހެނިހެން ނުވަ މައްސަލައެއް ނިންމާފަ އެވެ. އަދި ކުޑަކުދިންނާއި ގުޅޭ 18 މައްސަލައެއް ވެސް ފެމިލީ ކޯޓުން ވަނީ ޑިސެމްބަރު މަހު ނިންމާފަ އެވެ.

ފެމިލީ ކޯޓުން ބަލަހައްޓަމުން ދަނީ ހަމައެކަނި މާލޭގައި ކުރާ ކައިވެނިތަކާއި ވަރީގެ މައްސަލަތަކުގެ އިތުރުން އާއިލީ މައްސަލަތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް