ads
މެދުރާއްޖެ ތެރޭގައި ވަރަށް ވައި ނުސާފު: މެޓް
މި ދުވަސްވަރު މެދުރާއްޖެ ތެރޭގެ އަތޮޅުތަކުގައި ވަރަށް ބޮޑަށް ވައި ނުސާފުވެފައި ވާ ކަަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ، އުތުރާއި މެދުރާއްޖެ ތެރޭގެ ވައި ނުސާފުވެ، ހަމަ ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވެފައިވާ ކަަމަށެވެ.

އެގޮތުން ވައި ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެންނާނެ ކަމަށާއި، ވޭތުވެދިޔަ 24 ގަޑިއިރު އެ މިންވަރު ވަރަށް ބޮޑަށް ދަށްވެފައި ވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

"ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެނުނު ނަމަވެސް، ވޭތުވެދިޔަ 24 ގަޑިއިރު، ހާއްސަކޮށް މެދު ރާއްޖެތެރޭގެ ސަރަހައްދަށް މި މިންވަރު ވަނީ ފަސް ކިލޯމީޓަރަށް ދަށްވެފައި" މެޓް އޮފީހުން ބުނެފައިވެ އެވެ.

ވައި ނުސާފުވެފައިވާ މިންވަރު ދެނެގަނެވޭ "އައިކިޔު އެއާ ވިޝުއަލް އެޕް"އިން ދައްކަނީ ރާއްޖޭގެ ވައިސާފު މިންވަރު ހުރީ 165 ގައި ކަމަށެވެ. މިއީ ސިއްހަތަށް ނުރައްކާ ވެދާނެ ފަދަ މިންވަރެއްގެ ވައި ތަގައްޔަރު ވުމެކެވެ.

ވައިނުސާފު ވެފައި ވަނީ މި ދުވަސްވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ.

މެޓް އޮފީހުން ބުނީ ދުރު ފެންނަ ނިސްބަތް ބަދަލުވުމުގައި ވައިގެ މިސްރާބާއި ބާރުމިނާއި ވިއްސާރަވުން މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް