މި ދަތުރުފުޅާއި ގުޅޭގޮތުން އިތުރު މައުލޫމާތު މަޖިލީސް އިދާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެ ދަތުރުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ އިތުރުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވެސް ބައިވެރިވެވަޑައިގަންނަވެ އެވެ.
ދާދި ފަހުން އަސްލަމް ވަނީ މި މަހުގެ ތިނަކުން ހަވަނަ ދުުވަހުގެ ނިޔަލަށް ޔުގަންޑާގެ ވެރިރަށް ކަމްޕާލާގައި ކުރިއަށްދިޔަ 27 ވަނަ ކޮންފަރެންސް އޮފް ސްޕީކާސް އެންޑް ޕްރިސައިޑިންގ އޮފިސާސް އޮފް ދަ ކޮމަންވެލްތް ގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ވަޑައިގެންފަ އެވެ.
އެ ކޮންފަރެންސްގެ ހަވާސާގައި އަސްލަމް ވަނީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދާނާ އާ ބައްދަލު ކުރައްވައިފަ އެވެ.