އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ޕްރައިމަރީގައި ވާދަކުރަން ނުޖެހޭ އިތުރު 10 ފަރާތަކަށް ޓިކެޓް ކަށަވަރުވެފައިވާ ކަމަށެވެ.
ޕްރައިމަރީއަކާއި ނުލާ ޕާޓީ ޓިކެޓް ކަށަވަރުވެފައިވާ ފަރާތްތައް:
މާޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ޕާޓީގެ މެމްބަރުންނަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތުގައި، ދާއިރާއަށް އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ މީގެކުރިން ވެސް 36 ފަރާތަކަށް ވަނީ އެ ޕާޓީގެ ޓިކެޓް ކަށަވަރުވެފަ އެވެ.
އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މަޖިލީސް ޕްރައިމަރީ ބޭއަވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގަ އެވެ.