ads
ފައިލް ފޮޓޯ
ޔަމަނުން އެމެރިކާގެ މަނަވަރަކަށް ހަމަލާދީފި
ޔަމަނުގެ ހޫތީން އެމެރިކާގެ ކޮންޓެއިނާ ބޯޓަކަށް މިސައިލް ހަމަލާއެއް ދީފިއެވެ.
Advertisement

ރަތް ކަނޑުން ދަތުރުކުރާ އިޒްރޭލާއި ގުޅުން އޮންނަ ބޯޓުތަކަށް ޔަމަނުން ހަމަލާ ދެމުންދާތީ ދުނިޔޭގެ ޝިޕިން އިންޑަސްޓްރީއަަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ބުނެ އެމެރިކާ އިސްކޮށް އޮންނަ ކޯލިޝަނުން ޔަމަނަށް ހަމަލާ ދިނުމާއި ގުޅިގެން ހޫތީން ވަނީ އެމެރިކާ އަދި އިނގިރޭސި ވިލާތުގެ ބޯޓުތަކަށް ހަމަލާ ދޭނެކަމުގެ އިންޒާރު މީގެ ކުރިން ދީފައެވެ.

އޭގެ ފަހުންވެސް ހޫތީންގެ އަމާޒުތަކަށް އެމެރިކާއިން ހަމަލާ ދީފައިވަނިކޮށް މިއަދު ހޫތީން ވަނީ އެމެރިކާގެ ކާގޯ ބޯޓަކަށް ފުރަތަމަ ފަހަރަށް ހަމަލާދީފައެވެ.

ހަމަލާ އާއި ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ހޫތީންގެ އެންޓި-ޝިޕް ބެލިސްޓިކް މިސައިލް ހަމަލާގައި ބޯޓުގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށެވެ.

އަދި ކޮންޓެއިނާ ބޯޓަށް ވެސް މާބޮޑު ގެއްލުމެއް ލިބިފައިނުވާކަމަށް އެމެރިކާގެ އަަސްކަރިއްޔާއިން ބުނެއެވެ.

ގައްޒާއަށް ދޭ ހަމަލާތައް ނުހުއްޓަނީސް އިޒްރޭލާއި އެގައުމަށް ވާގިވެރިވާ ގައުމުތަކުގެ ބޯޓުތަކަށް ރަތް ކަނޑު ބޭނުން ނުކުރެވޭނެކަމަށް ޔަމަނުން ވަނީ ބުނެފައެވެ.

90%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް