ads
ޓުއަރިޒަމް މިނިސްޓަރު އެމްއެސްއާރުއޯގެ ޑިރެކްޓަރާއި ބައްދަލުކޮށްފި
ޓުއަރިޒަމް މިނިސްޓަރު މޯލްޑިވްސް ސްޕޭސް ރިސާޗް އޮގަނައިރޭޝަން (އެމްއެސްއާރުއޯގެ) ޑިރެކްޓަރު ރައުސަން ފިރާގު އާއި ބައްދަލުކުރައްވައިފި އެވެ.
Advertisement

ޓުއަރިޒަމް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ބައްދަލުވުގައި ވާހަކަ ދެކެވުނީ އެމްއެސްއާރުއޯ ކުރިޔަށް ގެންދަން ނިންމާފައިވާ ސްޕޭސް ފޯ ސްމޯލް އައިލެންޑް ނޭސަންސް ކޮންފަރަންސާއި ގުޅިގެންކަމަށެވެ.

މީގެ އިތުރުން ދިވެހި ރާއްޖޭގެ ޓުއަރިޒަމް ކުރިއެރުވުމަށް އެމްއެސްއާރުއޯގެ އިން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކަށް މި ބައްދަލުވުމުގައި އަލިއަޅުވާލެވުންކަމަށް އެ ޕޯސްޓުގައިވެ އެވެ.

މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރުއޯ) އިން ބާއްވާ ރާއްޖޭގެ ފުރަތަމަ ޖައްވީ ކޮންފަރެންސް، ސްޕޭސް ފޯ އައިލެންޑް ނޭޝަންސް ކޮންފަރެންސް (އެސްއައިއެންސީ) މި ދިޔަ އަހަރު ބާއްވާފައި ވެއެވެ. 

އެސްއައިއެންސީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 100 މަންދޫބުން އަދި ފަންނީ މާހިރުންނާއި ދިވެހި ޒުވާނުންނަށް މަރުހަބާ ކިޔާ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ހާއްސަ ކޮންފަރެންސެއް ކަމަށް އެމްއެސްއާރުއޯއިން ބުނެ އެވެ.

އެމްއެސްއާރުއޯއިން ކުރިން ބުނެފައިވަނީ މި ކޮންފަރެންސްގައި ފަންނީ 30 މާހިރުން ވާހަކަދައްކާނެ ކަމަށާއި 10 ޕެނަލް ޑިސްކަޝަނާއި ތިން ނެޓްވޯކިން ރިސެޕްޝަން އަދި އޯޕަން ޓްރެކްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ކޮންފަރެންސް ވާނީ ޖައްވީ ސިނާއަތުގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ ސިޔާސަތުތަކާއި ނިންމުންތައް ނިންމާ ފަރާތްތަކާއި ޒުވާނުން ގުޅާލާ ކޮންފަރެންސަކަށް ކަމަށް އެމްއެސްއާރުއޯއިން ބުނެ އެވެ. އެގޮތުން ރާއްޖޭގައި މި ދާއިރާ އާ ގުޅުން ހުރި ޓެކްނޮލޮޖީ، ވިޔަފާރި އަދި ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް އިތުރަށް ފުޅާކުރުމަކީ އެމްއެސްއާރުއޯގެ ހާއްސަ މަގުސަދެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް