ads
އެސްއެމްއީ ހަބްގެ ކިއޮސްކްތަކުގެ ކުލި ކުޑަކޮށްފި
ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން އެސްއެމްއީ ހަބްގައި ކާބޯތަކެތި ވިއްކާ ބައެއް ކިއޮސްކްތަކުގެ ކުލި ކުޑަކޮށްފި އެވެ.

އެސްއެމްއީ ހަބް އޮޕަރޭޓް ކުރާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)‏ ‏އިން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ބައެއް ކިއޮސްކްތަކުގެ ކުލި ކުޑަކޮށް، ދުވަހު ކުއްޔަށާއި މަހު ކުއްޔަށް ކިއޮސްކްތައް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ޕްރޮމޯޝަންގެ ދަށުން ކާބޯތަކެތި ވިއްކާ ކިއޮސްކް ތަކުގެ ކުލި 6750 ރުފިޔާއަށް ކުޑަކޮށް، އެސްއެމްއީ ހަބްގެ ފުރަތަމަ ފަންގިފިލާއިން ކިއޮސްކްތައް ދޫކުރަމުން ދާއިރު، ބީސީސީން ބުނީ 250 ރުފިޔާގެ ދުވަހު ކުއްޔަށް ކިއޮސްކްތައް ހަމަޖެހިފައިވާ ކަމަށެވެ.

ކިއޮސްކްތައް ކުއްޔަށް ނެގުމަށް ވެއިޓް ލިސްޓް ކުރުމުގެ ފުރުސަތު، އެކަމަށް ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މީގެއިތުރުން ބީސީސީން ވަނީ ތަކެތި އިޝްތިހާރުކޮށް ވިއްކަން ބޭނުންވާ ފަރާތްތަކަށް އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ބުކް ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފަ އެވެ.

އެސްއެމްއީ ހަބްގެ އަހަރީ ދުވަހާއި ގުޅުވައިގެން އުރީދޫ އާއި ކްރޮސްރޯޑް މޯލްޑިވްސް ގުޅިގެން ސްޓޭންޕް އެންޑް ވިންގެ ނަމުގައި ވެސް ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ.

އެގޮތުން އެސްއެމްއީ ހަބުން ކުރާ ކޮންމެ 50 ރުފިޔާގެ ވިޔަފާރިއަކަށް ދޫކުރާ ސްޓޭމްޕްގެ 10 ސްޓޭމްޕް ހަމަކުރާ ފަރާތްތަކަށް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭއިރު، އެއީ މި ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް