ads
ދިއްދޫ ފެނަކަ އިހްތިޖާޖު: 10 ކިލޯ ކާޑު ދިނަސް މިކަމެއް ނުވާނެ
ހއ. ދިއްދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ 53 މުވައްޒަފެއްގެ ކޮންޓްރެކްޓް އާ ނުކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމުމާ ގުޅިގެން އެމީހުން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ވަޒީފާއިން ކަނޑާލަން ނިންމި ވާހަކަ ކުރިން އަންގާފައި ނުވާ ކަމަށާއި، އެކަން އެނގުނީ މިއަދު އޮފީހަށް ގޮސް ފިންގާ ޖަހަން އުޅެ ނުޖެހިގެން އެކަމާ ސުވާލުކުރުމުން ކަމަށް އެ މުވައްޒަފުން ބުނެއެވެ.

މީގެއިތުރުން އެމީހުންގެ ކޮންޓްރެކްޓް އާ ނުކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު އަންގާފައި ވާއިރު، އޭގެތެރޭގައި ކޮންޓްރެކްޓްގެ މުއްދަތު ހަމަނުވާ މީހުންވެސް ހިމެނޭ ކަމަށް އިހުތިޖާޖު ކުރާ މީހުން ބުނެފައިވެ އެވެ.

ދިއްދޫގައި ކުރިއަށް ގެންދާ އިހުތިޖާޖުގައި ވަނީ "10 ކިލޯ ކާޑު ދިނަސް މިކަމެއް ނުވާނެ" ކަމަށް ލިޔެފައިވާ ޕޯސްޓަރަކާއެކު ސަރުކާރަށް ފާޑުކިއާފަ އެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވޯޓް ހޯދަން ނައުމަށް ބުނެފައިވާ ލިޔުމެއްވެސް އެމީހުން ވަނީ އިހުތިޖާޖުގައި ބޭނުން ކޮށްފައެވެ.

އިހުތިޖާޖުގެ ބައިވެރިން ބުނީ 53 މުވައްޒަފުންނާ ގުޅިފައިވާ އެތައް އާއިލާއެއް އެބަތިބި ކަމަށާއި، ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމުން އެމީހުން ކައިބޮއި އުޅެނީ ކިހިނެއްތޯ ސުވާލު އުފައްދާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

މީގެއިތުރުން ވަޒީފާއިން ވަކިކުރި ފަރާތް ތަކުން ވަނީ، އެ ފަރާތް ތަކަށް ވަޒީފާ އަނބުރާ ދިނުމަށް ގޮވާލާފައެވެ. އަދި އެއަށްފަހު ވަކި މުއްދަތެއް ދިނުމަށްފަހު ދެން ވަޒީފާއިން ކަނޑާލިއަސް އެންމެ ރަނގަޅު ކަމަށާއި، އެހެން އެކަން ކޮށްފި ނަމަ އާމްދަނީ ހޯދޭނެ އިތުރު މަގެއް ހޯދޭނެ ކަމަށް އެމީހުން ބުނެއެވެ.

ކޮންޓްރެކްޓްހަމަވެފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކުރަން ނިންމުމުން ފަސް މިލިއަން ރުފިޔާ ސަލާމަތް ކުރެވުނު ކަމަށާއި، މިކަމުގެ ސަބަބުން ކުންފުނީގެ ބޮލުގައި އެޅިފައި އޮތް ދަރަނިން ވަރަށް ބޮޑު އަދަދެއް ކުޑަވެގެން ގޮސްފައިވާ ކަމަށް ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް