ads
ސީރިއާގައި ހަރަކާތްތެރިވާ ދިވެހި ހަނގުރާމަވެރިންތަކެއް --
ސީރިޔާ ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކު ރާއްޖެ އަންނަން ދެކޮޅެއް ނުހަދާ: އިހުސާން
ސީރިޔާ ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކު ރާއްޖެ އަންނަން ދެކޮޅެއް ނުހަދާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާވެއްޖެ އެވެ.
Advertisement

މިއަދު ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީ އިން ނޫސްވެރިންނަާއި އެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސީރިޔާއިން ރާއްޖެއަށް ގެނެވުން އާއިލާތަކުން އެއްވެސް އާއިލާއެއް ރާއްޖެ އަންނަން ދެކޮޅު ހަދާފައި ނުވާ ކަމަށާއި އެ ބޭފުޅުން ރާއްޖެއަންނަން ބޭނުންވެފައި ތިބޭތާ އެއްއަހަރަށް ވުރެން ގިނަ ދުވަސްވެފައި ވާކަމުގަ އެވެ.

މިނިސްޓަރު ވިދާޅުވީ ސީރިޔާގައި ތިބި ދިވެހިންގެ ތެރެއިން އެއްވެސް މީހެއްގެ ފަރާތުން އެއްވެސް ވަރަކަށް ރެސިސްޓެންސް އެއް ފެނިފައިނުވާކަމަށާއި މިކަން ކުރަމުން މި ދަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ރީ އިންޓާގްރޭޝަން ސެންޓަރުން އިސްނަގައިގެން ހާއްސަކޮށް ބޭރުގައި ތިބި މީހުންނާއި ގުޅުންހުރި ހުރިހާކަމެއް ހިންގާނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓާލިޖެންސް އާއި ތަހުގީގު ޓީމްތަކާއި ގުޅިގެންކަމުގަ އެވެ. 

"ސީދާ އެ ޕްރޮސެސްގެ ތަފްސީލަކަށް ނުދަން. ސަބަބަކީ ބައެއް ކަންކަަމަކީ އެގޮތުގައި ރެސްޓްރިކްޓް ކޮށްފައި ބާއްވަން ބޭނުންވާ ކަންކަމަށް ވާތީ. ބައެއް ހާލަތްތަކުގައި ބައެއް ބޭފުޅުން ގެންނަން އުނދަގޫ ވެދާނެ އަސްލު މި ކުރަނީ ކީއްކަން އެ ބޭފުޅުންނައް އިނގޭ ހިސާބުން" މިނިސްޓަރު ވިދާޅުވި އެވެ.

އެކި ގައުމުތަކުން މީހުން ގެންނަން ކުރަން ޖެހޭ މަސައްކަތް ވަރަށް ތަފާތުވާނެ ކަމަށާއި އެ މީހުންނަކީ ދިވެހިންކަން މައުލޫމާތު ލިބޭ ހިސާބުން އެ މީހުންނަކީ ދިވެހިންކަން ކަށަވަރުކޮށް ކުރަން ޖެހޭ އެހެންނިހެން ކަންކަން ކުރުމުގެ މަސައްކަތް ކުރައްވަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ، ސީރިއަށްދާ މީހުން އާންމުކޮށް ދާ ކަމަށް ފާހަގަކުރެވެނީ އާއިލާގެ ކޮންމެ ވެސް އެއް މެންބަރެއްގެ ނުފޫޒުގައި ކަމަށެވެ.

އިހުސާން ވިދާޅުވީ، ރާއްޖެ އަންނަން ބޭނުންވާ މީހުން ހަނގުރާމައަށް ގޮސް ތިބިކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބެނީ އެންމެ ފުރިހަމައަށް ނޫން ކަމަށާއި އެހެންވެ، މައުލޫމާތު ކަށަވަރުކޮށް އެ މީހުންނަކީ ދިވެހީންކަން ޔަގީންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އިހުސާން ވިދާޅުވީ ދިވެހިން ކަމަށް ބެލެވޭ ސަތޭކައެއްހާ މީހުން ހަނގުރާމައަށް ފުރައިގެން، ހާލުގައި ޖެހިގެން އުޅޭކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އެ މީހުންގެ ތެރެއިން 90 އަށް ވުރެ ގިނަ މީހުން ރާއްޖެ ގެނެސްދިނުމަށް އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީރިއާ ބައެއް ސަރަހައްދުތައް އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާއިން ކޮންޓްރޯލްކުރި ދުވަސްވަރު އެ ޖަމާއަތްތަކާ ގުޅެން ދިވެހިންގެ އެތައް ބަަޔަކު ދިޔަ އެވެ. އޭގެ ތެރެެއިން ބައެއް މީހުން ދިޔައީ އަނބިދަރިން ވެސް ގޮވައިގެންނެވެ. އެ މީހުންގެ ތެރެއިން އެތައް ބަޔަކު މަރުވެފައި ވާއިރު، އަދިވެސް ކޭމްޕުތަކުގައި ދިވެހިން އެބަ ތިއްބެވެ.

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް