އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމަށް ޝަމްހޫޒާ އައްޔަނު ކުރީ 2023 ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.
އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު މައުސޫމު ވަނީ 28 މެއި 2023 ގައި އިސްތިއުފާ ދެއްވާފައެވެ.
މީގެ ކުރިން ޝަމްހޫޒާ ވަނީ މާލޭ ސިޓީ ކައުންސިލުގެ ކައުންސިލް އެގްޒެކެޓިވްގެ މަގާމާއި ހައުސިން މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ.
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެން ގެންދަވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެންނަމުންނެވެ.
އެ މަސައްކަތުގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު މެންބަރުން އުޅުއްވަނީ ވަރަށް ބުރަކޮށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ގިނަ ކުންފުންޏިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މިހާރު ވެސް ވަނި ބަދަލުތަކެއް ގެނެސްފަ އެވެ.