ނޫސްވެރިނާ މިއަދު ބައްދަލުކުރައްވާ މިނިސްޓަރު ވިދާޅުވީ، ރައްޖޭގައި 200 އަށްވުރެ ގިނަ ކައުންސިލްތަށް އެބަހުރި ކަމަށާއި އެ ހުރިހާ ކައުންސިލްތަކެއް އޮޑިޓް އޮފީހުން އޮޑިޓް ކުރާނަމަ އެ އޮފީހަށް ބާރު ބޮޑުވާނެ ކަމަށެވެ.
ލޯކަލް ގަވަމެންޓް އޮޓޯރިޓީ (އެލްޖީއޭ)އިން މިހާރު އަތޮޅުތަކުގައި ތިބި، އޮޑިޓްކުރުމުގެ ގާބިލްކަން ހުރި މީހުން ދެނެގަނެ އެމީހުންނަށް ބޭނުންވާ ތަމުރީނު ވަނީ ދީފައި ކަމަށާއި އަދި ކައުންސިލްތައް އޮޑިޓްކުރުމަށް ބޭނުންވާ އެންމެ މަދު މިންވަރަށް މީހުން ޓްރެއިން ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ހަމަ އެއާއެކު މަދުވެގެން ކޮންމެ އަހަރަކު 50 ކައުންސިލް އޮޑިޓް އޮފީހުން އޮޑިޓް ކުރާ ގޮތަށާއި އޮޑިޓް އޮފީހާ ވާހަކަ ދައްކައިންގެން ހުރިހާ އަތޮޅު ކައުންސިލެއް އެ އޮފީހުން އޮޑިޓް ކުރާގޮތަށް ހަމަޖެހިގެންދާނެ އެވެ.