ads
ހައްޖު މޫސުމްގައި މައްކާއަށް ހައްޖުވެރިން ގެންނަން އެއާ ޓެކްސީ ބޭނުންކުރަނީ
ހައްޖު މޫސުމްގައ ހައްޖުވެރިން އުފުލުމަށް އެއަރ ޓެކްސީ ބޭނުންކުރަން ސައުދީ ސަރުކާރުން ނިންމައިފިއެވެ.

ހައްޖުގެ ހަބަރުތައް ގެނެސްދޭ ސައުދީ ނޫސްތަކުން ބުނީ އެއަރ ޓެކްސީ ބޭނުންކުރާނީ ޖިއްދާ އެއަރޕޯޓުން ހައްޖުވެރިން މައްކާގެ ހޮޓަލްތަކަށް ގެނައުމަށްކަމަށެވެ. އޭރުން މިހާރު ކުރަމުން އަންނަ ދަތުރުތައް އެތައް ތަނަކުން އަވަސްވާނެކަމަށް ސައުދީ އޮފިޝަލުން ބުނެއެވެ. 

ހައްޖާއި އުމްރާއަށް ދާ މީހުން ފުރަތަމަ ދާންޖެހޭނީ ޖިއްދާއަށެވެ. ޖިއްދާއިން މައްކާއަށް އެތެރެވުމަށް އެއްގަމު މަގުން ކުރާ ދަތުރުގައި 2 ގަޑިއިރު ހޭދަކުރަންޖެހެވެ. 

އިލެކްޓްރިކް ވާޓިކަލް ޓޭކް އޮފް އެންޑް ލޭންޑިން ( އީވީޓީއޯއެލް ) ކިޔާ މި މަތިންދާ ބޯޓްތަކަކީ ހައްޖުގެ އަޅުކަމުގައި ބޭނުންކުރަން ޑިޒައިންކޮށް ތައްޔާރުކޮށްފައިވާ ބޯޓްތަކެވެ. އަދި މި ފްލައިޓްތަކުގެ ޓެސްޓް ދަތުރުތައް ވަނީ ކާމިޔާބުކަމާއި އެކު ނިންމާލާފައެވެ.

ހައްޖާއި އުމްރާ ވެރިންނަށް ފަސޭހަ ކޮށްދިނުމަށް ސައުދީން ވަނީ މައްކާ އާއި މަދިނާއާ ދޭތެރޭ ރޭއިލްވެސް ފަށާފައިއެވެ. ހަރަމެއިން ހައި ސްޕީޑް ރޭލްގެ ނަމުން ނަން ދީފައިވާ މި ރޭލުން މައްކާއިން މަދީނާއަށް 2 ގަޑިއިރުގެ ތެޜޭގައި ދެވެއެވެ. ބަހުގައި ދަތުރުކުރާނަމަ އެ ދަތުރުގެ ދިގުމިނަކީ 6 ނުވަތަ 7 ގަޑިއިރެވެ.

މި އަހަރުގެ ހައްޖު މޫސުމްގެ ތައްޔާރީތައް މިހާރުވަނީ ސައުދީން ފަށާފައެވެ. ކޮވިޑަށް ފަހު މިދިޔަ އަހަރު ވަނީ ކުރިއެކޭ އެއްގޮތަށް މީހުން ހައްޖަށް ދިއުމުގެ ހުއްދަ ސައުދީން ދީފައެވެ. މިދިޔަ އަހަރުވެސް 2 މިލިއަން މީހުންނަށް ކޯޓާ ސައުދީން ދިނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް