ads
ހއ. ދިއްދޫ ފެނަކައިގެ މުވައްޒަފުންތަކެއް ވަކިކުރި މައްސަލަ މަޖިލީހަށް
ހއ. ދިއްދޫގައި ކޮންޓްރެކްޓަށް ނަގާފައި ތިބި ފެނަކަ މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް އާ ނުކުރި ކަމަށް ބުނާ މައްސަލަ ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފި އެވެ.

ދިއްދޫ ފެނަކައިގައި މަސައްކަތް ކުރާ 53 މުވައްޒަފެއްގެ ކޮންޓްރެކްޓް އާ ނުކުރުމުން، އެ މީހުން އިއްޔެ ވަނީ އެ ރަށުގައި އިހުތިޖާޖުކޮށްފަ އެވެ.

އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަޖިލީހުގެ ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ވަހީދު (ވައްޑެ)އެވެ. 

މިކަމާ ގުޅިގެން މެންބަރު އަބްދުﷲ ވަހީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވެވި ސިޓީގައި ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދިއްދޫގައި އިމާރާތްކުރަން ފަށާފައިވާ ދިއްދޫ އާ އިންޖީނުގެ އާއި އައިސް ޕްލާންޓްގެ މަސައްކަތަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާ ދީފައިވާ 57 ކޮންޓްރެކްޓް މުވައްޒަފުން އެއްވެސް ނޯޓިސްއެއް ދިނުމަކާ ނުލައި ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރިކަން އެ މުވައްޒަފުން އޭނާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން އެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ނުތަނަވަސްކަން ލިބި އެކަމުގެ ޝަކުވާ އާއި ކަންބޮޑުވުން އޮތްކަން އަބްދުﷲ ފާހަގަކުރެއްވި އެވެ. 

''ވީމާ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށާއި، ދިއްދޫ އާ އިންޖީނުގެއާއި، އައިސްޕްލާންޓްގެ މަސައްކަތް އަވަހަށް ނިންމަން ބާރު އެޅުމަށާއި، އެ މަސައްކަތް ނިމެންދެން މުވައްޒަފުން ވަޒީފާގައި ބޭތިއްބެވުމަށް ފެނަކައަށް ދެންނެވުމަށްޓަކައި މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށް ފޮނުވައިދިނުމަށް އަޅުގަނޑު ހުށަހަޅަމެވެ.'' ސިޓީގައިވެ އެވެ.

ދިއްދޫ ފެނަކައިގައި މަސައްކަތް ކުރާ 53 މުވައްޒަފެއްގެ ކޮންޓްރެކްޓް އާ ނުކުރުމުން، އެ މީހުން ކުރި އިހުތިޖާޖާ ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކުރީ ދިއްދޫ އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށެވެ.

ދިއްދޫ އިންޖީނުގެ ޕްރޮޖެކްޓާ ގުޅޭގޮތުން މުއާޒު ވިދާޅުވީ، ޕްރޮޖެކްޓުގެ ދަށުން 1477.55 ސުކުޔާ މީޓަރުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ކޮންޓްރެކްޓުގެ ދަށުން 70 މުވައްޒަފުން މި ޕްރޮޖެކްޓުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް