ads
ސްޓެލްކޯގެ ފިއުލް ޕަމްޕު ސްޓޭޝަން ރީލޯކޭޓު ކުރަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ބޮޑު ތަކުރުފާނު މަގުގައި ހުރި ސްޓެލްކޯގެ ފިއުލް ޕަމްޕު ސްޓޭޝަން ރީލޯކޭޓު ކުރަމުގެ އެއްބަސްވުމުގައި އެމްޓީސީސީ އާއި އެކު ސޮއިކޮށްފި އެވެ.

މިއަދު ސްޓެލްކޯ ބިންލްޑިންގައި ބޭއްވި ރަސްމީޔާތުގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ ޗީފް އެގްޒެކިއުޓިވް އޮފިސާ އަބްދުﷲ ޒިޔާދު އަދި ސްޓެލްކޯއިން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. 

މި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން ހުސެއިން ފަހުމީ ވިދާޅުވީ މިކަން ކުރުމާއި އެކު ހައިވޭގައި ދުއްވާ ބޭފުޅުންނައް ވަރަށް ފަސޭހަވެގެން ދާނެކަމަށާއި އެ ސްޓޭޝަން އެތަނުގައި އިނުމުގެ ސަބަބުން މަގު ރަނގަޅަށް ނުފެންނަކަމުގެ ސަކުވާ ވަރަށް ގިނައިން ލިބިފައިވާކަމުގަ އެވެ.

your imageމިއަދު ބޭއްވި ހަފްލާގެ ތެރެއިން 

ފަހުމީ ވިދާޅުވީ ޕަމްޕު ސްޓޭޝަން ނެގުމުގެ މަސައްކަތަކަށް 7.1 މިލިއަން ރުފިޔާ ހަރަދުވާ ކަމަށާއި ރާވާފައިވަނީ 60 ދުވަސް ތެރޭގައި މި މަސައްކަތް ނިންމަން ކަމަށެވެ. ނަމަވެސް، މިހާތަނަށް މި މަސައްކަތުގެ އީއައިއޭއަށް އެޕްރޫވަލްއެއް ނުލިބެ ކަމަށް ފަހުމީ ވިދާޅުވީ އެވެ.

މި ސްޓޭޝަން އަކީ މުޅި މާލެއަށް ކަރަންޓު ފޮރުކޮށްދިނުމަށް ބޭނުންވާ ފިއުލް ސަޕްލައި ކުރާ ޕަމްޕު ކަމަށާއި އެ ޕަމްޕު ބަދަލުކުރަން ނިންމާފައިވަނީ ފަޅުން ހިއްކައިގެން އެ ތަނަށް ކަމަށް ފަހުމީ ފާހަގަ ކުރެއްވި އެވެ. 

މި ރަސްމީޔާތުގައި ވާހަކަ ދައްކަމުން އަބްދު ﷲ ޒިޔާދު ވިދާޅުވީ މި ފަޅު ހިއްކުމުގެ ކަންކަމާއި ގުޅިގެން މިހާރު އެންވާރަމަންޓު ޕްރޮޑެކްޝަން އެޖެންސީ (އީޕީއޭ) އާއި ވާހަކަ ދަކްކަމުންދާ ކަމަށާއި އެ އިދާރާގެ މަޝްވަރާތަކެއް ކުރުމުން އަންނަ ކަމަށެވެ. 

"މިއަށް ފަހު ރައްޔިތުންނަށް މަގު ބޭނުން ކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހަތަކެއް ވާނެ،" ޒިޔާދު ވިދާޅުވި އެވެ.

އަދި ކުރިޔަށް އޮތް ތަނުގައި ފަޅުން ހިއްކަން ނިންމާފައިވާ ބަޔާއި ގުޅިގެން އިތުރު މައުލޫމާތު މީޑިޔާތަކަށް ދޭނެކަމަށް ޒިޔާދު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް