ads
ދިގުރަށުގައި މަރާލި ކުއްޖާގެ މަންމަގެ މައްޗަށް ދައުވާކޮށްފި
ދިގުރަށުގެ ކުނި ގޮނޑުން އެއްލާލާފައި އޮތް މަރުވެފައި އޮތް ކުއްޖާގެ މަންމަ ކަމަށް ބެލެވޭ އަންހެން މީހާގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
Advertisement

ދިގުރަށުގެ ކުނި ގޮނޑުން އެއްލާލާފައި އޮތް މަރުވެފައި އޮތް ކުއްޖާގެ މަންމަ އަކީ ލަންކާގެ ހިރަންޏާ ކުމުދުމާލީ ޑި އަލްވިސް ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ކުރީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއާއި, އެނގިހުރެ މަރެއް ފޮރުވުމުގެ ދައުވާ އަދި ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ކޮތަޅަކަށްލާ ދިގުރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވައި ތުއްތު ކުއްޖަކު ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު އެވެ.

ދައުވާގައި ތުހުމަތުކޮށްފައިވާ ގޮތުން ހިރަންޏާ އެ ކުއްޖާ ވިހެއީ ވިހެއީ ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނައިގެ ތެރޭގައި ފާހާނާތަށި ތެރެއަށެވެ. ވިހެއުމަށްފަހު އޭހާ ވަނީ ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި, ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، އެ ދުވަހު ފަތިހުދިގުރަށް ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު އެއްލައިލި އެވެ.

މި ކުށަށް ސާބިތުވެއްޖެ ނަމަ އޭނާ 10 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ކުށުގެ ދައުވާ ހިރަންޏާގެ މައްޗަށް ކުރީ ބަލިވެއިނީއްސުރެ، ކުއްޖާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިނުވާތީ އެވެ. އަދި އެފަދަ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ބަލިވެއިންކަން ސިއްރުކޮށް، ވިހަން އުޅޭކަން އެނގުމުން ހޮސްޕިޓަލަށް ނުގޮސް، ވިހެއުމަށް ސިއްހީ ފަރުވާ ލިބޭ ތަނަކަށް ދިއުމުގެ މަގު ފަހިވެފައިވަނިކޮށް އެ ފުރުސަތުގެ ބޭނުން އޭނާކޮށްފައި ނުވެ އެވެ.

މި ކުށް ސާބިތުވެއްޖެ ނަމަ ތިން އަހަރުގެ ޖަލުހުކުމެއް އަންނާނެ އެވެ. އަދި އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާގެ ކުށް ސާބިތުވެއްޖެ ނަމަ, ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް