ތޯމަސް ގެ މި ދަތުރުފުޅުގެ ތަފްސީލު މަޖިލީހުން ހާމަކޮށްފައި ނުވި ނަމަވެސް މަޖިލީހުން ހާމަކޮށްފައިވާ ގޮތުގައި ޔުގަންޑާ ގާނޫނުހަދާ މަޖިލީހުގެ ނައިބު ރައީސް، ތޯމަސް ތަޔެބްވާ ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އާއި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރަޝީދުއެވެ.
މަޖިލީހުގެ ރައީސް މުހަންމަދު އަސްލަމް ޔުގަންޑާގެ ވެރިރަށް ކަމްޕާލާގައި ކުރިއަށްދިޔަ 27 ވަނަ ކޮންފަރެންސް އޮފް ސްޕީކާސް އެންޑް ޕްރިސައިޑިންގ އޮފިސާސް އޮފް ދަ ކޮމަންވެލްތް ގައި ބައިވެރިވެ ވަޑައިގަންނަވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ ޔުގަންޑާ ގާނޫނުހަދާ މަޖިލީހުގެ ނައިބު ރައީސް، ތޯމަސް ތަޔެބްވާ މިއަދު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްއާއި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރަޝީދު ކަމަށެވެ. ތޯމަސްގެ ދަތުރުފުޅުގެ ތަފްސީލު ރައްޔިތުންގެ މަޖިލިހުން އަދި ހިއްސާކޮށްފައެއް ނުވެއެވެ.
މަޖިލީހުގެ ރައީސްގެ އެދަތުރުފުޅުގައި ޔުގަންޑާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް އަނީތާ އަމޮންގްއާ ވެސް ބައްދަލުކުރައްވައި ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވުމުގެ އިތުރުން މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާގުޅޭ ކޮމިޓީގެ މަސައްކަތްތަކާއި ތިމާވަށި ރައްކާތެރި ކުރުމަށާއި 2030 ވަނަ އަހަރު ނެޓް ޒީރޯ ގައުމަކަށް ވުމަށް ރާއްޖެއިން ކުރަމުންދާ ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ފާހަގަ ކުރައްވައިފައިވެ އެވެ .