ads
ޓީނޭޖް ކުރިން ކުޅުނު މެޗެއްގެ ތެރެއިން
ނިއު ރޭޑިއަންޓް މެޗަށް ނައުމުން ޓީނޭޖަށް ބޮޑު ޖޫރިމަނާއެއް
ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިދިޔަ ހަފްތާގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށް ކްލަބް ޓީނޭޖުން ހާޒިރުވެފައިނުވާތީ އެ ކްލަބް، ޖޫރިމަނާކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށް ކްލަބް ޓީނޭޖުން ހާޒިރުވެފައިނުވާތީ އެ ކްލަބް، ޖޫރިމަނާކޮށްފައިވަނީ 30،000 ރުފިޔާ އިން ނެވެ. 

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ 11.4 ގައި ވާ ގޮތުން މުބާރާތުގައި މެޗެއް ކުޅެން ހަމަޖެހިފައިވާ ދުވަހު، މެޗުގައި ކުޅެން ހަމަޖެހިފައިވާ ކްލަބެއް ދަނޑަށް ހާޒިރުނުވާނަމަ ފިޔަވަޅު އެޅޭނެ އެވެ. އެ ގޮތުން، އެފްއޭއެމް އިން ނިންމާފައިވަނީ، ގަވާއިދުގައިވާ ގޮތަށް ޓީނޭޖް، 30،000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. އެފްއޭއެމުންވަނީ ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ޓީނޭޖަށް އަންގާފައެވެ. 

ޓީނޭޖް ދެން އެންމެ އަވަހަށް ކުޅެން ޖެހޭ މެޗު އޮތީ، އަންނަ އާދިއްތަ ދުވަހު ޓެންޓް ސްޕޯޓްސް ކްލަބާ އެކު އެވެ.ޓީނޭޖަކީ މިދިޔަ އަހަރު ދެ ވަނަ ޑިވިޝަންގެ ފައިނަލަށް ދަތުރުކުރި ޓީމެކެވެ. ފައިނަލުގައި އެ ޓީމު ބަލިވީ ބުރު ސްޕޯޓްސް ކްލަބް އަތުން 4-0 އިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް