ads
ނަބާ
ދިވެހި ދެ ކުދިން ކުޅުނު ފައިނަލުން މޮޅުވީ ނަބާ
އައިޓީއެފް އޭޝިއާ 14 އަހަރުން ދަށުގެ ޓެނިސް ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕްގެ ރީޖަނަލް ކޮލިފައިން އިވެންޓްގައި، ދިވެހި ދެ ކުދިން ކުޅުނު ފައިނަލް މެޗުން މޮޅުވެ، އަންހެން ސިންގަލްސް ޗެމްޕިއަންކަން ނަބާ ނިޝާން ހޯދައިފި އެވެ.

ނަބާ ފައިނަލުގައި ބައްދަލުކޮށްފައިވަނީ ރާއްޖޭގެ މަންހާ މުހައްމަދުއާ އެވެ. ފައިނަލް މެޗުން މިއަދު ނަބާ މޮޅުވީ، 6-0، 6-1 އިންނެވެ.

އުމުރުން 12 އަހަރުގެ ނަބާ އަކީ، ރާއްޖޭގެ ޓެނިހުގެ ތާރީހުގައި އެންމެ ޒުވާން އަންހެން ގައުމީ ޗެމްޕިއަނެވެ. އޭނާ ވަނީ 2021 އާއި 2022 ވަނަ އަހަރު އަންހެން ސިންގަލްސް އޯޕަން ބައިން ޗެމްޕިއަންކަން ހޯދައި، މިދިޔަ އަހަރު ރަނަރަޕަށް ގޮސްފަ އެވެ.

މިއީ ފަސް ދުވަސް ތެރޭގައި ނަބާ ހޯދި ދެ ވަނަ ތަށްޓެވެ. އޭނާ ވަނީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުގެ އޭޝިއާގެ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށުގެ ބައިން ވެސް ތަށި ހޯދައިފަ އެވެ. އެއީ، ފައިނަލުގައި، ސްރީ ލަންކާގެ އަންނަޔާ ޖޯނީ ނޯބާޓްއާ ކުޅެގެން، 6-1، 6-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް