ads
އަދާލަތު ޕާޓީގެ ޓިކެޓަށް ވާދަކުރަން ހުޅުވާލާފި
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރަން ފުރުސަތު ހުޅުވާލައިފިއެވެ.

އަދާލަތުގެ ޕާޓީގެ ޓިކެޓުގެ ވާދަކުރައްވަން ބޭފުޅުން މި މަހުގެ 23 ގެ ކުރިން ފޯމު ހުށަހަޅަން އެ ޕާޓީ އިން އެދިފައިވެއެވެ.

އެ ޕާޓި އިން ހަތަރު ޕާޓީއިން ވާދަކުރަން ނިންމާފައިވާއިރު އެ ދާއިރާތަކަކީ ވައިކަރަދޫ ދާއިރާ އާއި މަކުނުދޫ ދާއިރާ އާއި އިނގުރައިދޫ ދާއިރާގެ އިތުރުން ފެލިދޫ ދާއިރާ އެވެ. 

މާރޗް 17 ގައި އޮންނަ މަޖިލިސް އިންތިހާބުގައި 700 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އީސީ ކަނޑައަޅާފައިވާ ގޮތުގައި މަޖިލިސް އިންތިހާބަށް ވާދަކުރަން އައު ބެންކު އެކައުންޓެއް ހުޅުވަންޖެހޭނެއެވެ.

އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މަޖލިސް އިންތިހާބުގައި ކިޔު ނުޖެހި ފަސޭހަކަމާއި އެކު ވޯޓްލެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެކޮމިޝަނުން މިހާރުވެސް ބައެއް ބަދަލުތައް ގެނެސްފައިވެއެވެ.މީގެ އިތުރުން އެ ކޮމިޝަނުން ހާމަކޮށްފައިވަނީ އެއްވެސް ފޮއްޓަކަށް 600 ވުރެ ގިނަ މީހުން ވޯޓްލާން ނުޖެހޭގޮތަށް ކަންކަން ރާވަމުން އަންނަކަމަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދައިރާއަކަށް މެމްބަރުން އިންތިހާބުކުރާނެއެވެ. ވެރިކަންކުރާ ޕީއެންސީއާ އިދިކޮޅު އެމްޑީޕީން ވަނީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައެވެ. އެ ދެ ޕާޓީންވެސް އަންނަނީ އެތޭރޭގެ ޕްރައިމެރީ ބޭއްވުމަށް ތައްޔާރުވަމުންނެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް