ads
ހޫތީންނަކީ ޓެރަރިސްޓް ޖަމާއަތެއް ގޮތުގައި އެމެރިކާއިން ކަނޑައަޅައިފި
ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ ހޫތީ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެެއްކަމަށް އެމެރިކާއިން ކަނޑައަޅައިފި އެވެ.

ހޫތީން އަންނަނީ ރަތް ކަނޑުން ދަތުރުކުރާ އިޒްރޭލާއި ގުޅުން އޮންނަ ކާގޯ ބޯޓްތަކަށް ހަމަލާދެމުންނެވެ.

އެކަން ހުއްޓުވަން އެމެރިކާއިން ވަނީ މިހަފްތާތެރޭގައި ޔަމަނުގެ ހޫތީންގެ އަމާޒުތަކަށް ހަމަލާތަކެއް ދީފައެވެ.

ބަދަލުގައި ހޫތީން ވަނީ އެމެރިކާގެ މަނަވަރުތަކަށް ވެސް ހަމަލާދޭން ފަށާފައެވެ.

އެކަމާއި ގުޅިގެން މިއަދު އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓް އިން ވަނީ ހޫތީ ގްރޫޕަކީ ޓެރަރިސްޓް ޖަމާއަތެއް ގޮތުގައި ކަނޑައަޅައިފައެވެ.

ހޫތީންތެ ތަރުޖަމާނު އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ޓެރަރިސްޓް ޖަމާއަތެއް ގޮތުގައި ކަނޑައެޅި ނަމަވެސް، ފަލަސްތީނުގެ ދިފާއުގައި ކުރަމުން އަންނަ ކަންކަން ހުއްޓިގެން ނުދާނެކަމަށެވެ.

ޓެރަރިސްޓް ޖަމާއަތެއް ގޮތުގައި ކަނޑައެޅުމުން އެ ޖަމާއަތާއި ގުޅުން އޮންނަ މީހުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިގެންދާނެއެވެ.

އެގޮތުން އެހެން ގައުމުތަކުގައި ހުންނަ އެމީހުންގެ މުދާތައް ހިފަހައްޓައި، ބައިނަލް އަގުވާމީ ފައިސާގެ މުއާމަލާތް ނުކުރެވޭ ގޮތައް ދަތިކުރެވެއެވެ.

މިފިޔަވަޅުތަކުގެ ސަބަބުން ޔަމަނުގެ އާމުންނަށް އޭގެ ނޭދެވޭ އަަަސަރު ނުފޯރާނެކަމާއި، އިންސާނީ އެހީއާއި ބޭސްފަރުވާއަށް ބޭނުންވާތަކެތި ކުރިއެކޭ އެއްގޮތައް ފޯރުކުރަމުންދާނެކަމަށް އެމެރިކާއިން ބުނެއެވެ.

އަށް އަހަރުވަންދެން އެމެރިކާއިން ފަހަތުގައި އޮވެ ސައުދީ އަރަބިއްޔާއިން ވަނީ ޔަމަނު ހުރިހާ ގޮތަކުން ބަންދުކޮށް އެގައުމުގައި ވަރުގަދަ ހަނގުރާމަައެއްކޮށްފައެވެ.

އެ ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަޔަކު ބަނޑަށް ޖެހި ވެގެން ދިޔައެވެ.

ހޫތީންނާއި ދެކޮޅަށް ސައުދީން ކުރި ހަނގުރާމަ ހުއްޓިގެން ދިޔައީ ހޫތީން ސައުދީގެ ތެޔޮވަޅުތަކަށް ހަމަލާ ދޭން ފެށުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް