ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ހައްގު ހޯދަން ދައުލަތާ ދެކޮޅަށް ޔާމީން ކޯޓަށް
އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާފައިވާ ކަމަށް ބުނެ، ދައުލަތާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާފައިވާ މައްސަލައެއް ސިވިލް ކޯޓުގައި މިއަދު ހިންގުމަށް ތާވަލުކޮށްފި އެވެ.

ސިވިލް ކޯޓުގައި މިއަދު 11 ޖަހާއިރު ބޭއްވުމަށް ތާވަލުކޮށްފައިވާ މި މައްސަލައިގެ ތަފްސީލެއް ލިބިފައެއް ނުވެ އެވެ. އެހެންނަމަވެސް މިއީ، 2022 ވަނަ އަހަރު ޔާމީން ހުށަހަޅުއްވާފައިވާ މައްސަލައެއްކަން މައްސަލައިގެ ގަޒިއްޔާ ނަންބަރުން އެނގެއެވެ. މި މައްސަލައިގައި މިއަދު 11 ޖަހާއިރު އޮންނަނީ އަޑު އެހުމެއްކަން ސިވިލް ކޯޓުގެ ތާވަލުން އެނގެއެވެ.

ކުރީގެ ރައީސް ޔާމީން، އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާފައިވާ ކަމަށް ބުނެ، ދައުލަތާ ދެކޮޅަށް ކޮށްފައިވާ ދައުވާއެއްގެ އަޑު އެހުން މިއަދަށް ތާވަލުކޮށްފައިވާއިރު، އެ މަނިކުފާނު މިހާރުވެސް އަންނަނީ ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ، ރިޝްވަތުގެ މައްސަލައަކާއި މަނީ ލޯންޑްރިންގެ މައްސަލައެއްގައި ކޮށްފައިވާ 11 އަހަރުގެ ހުކުމެވެ.

11 އަހަރުގެ ޖަލު ހުކުމް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު އިސްތިއުނާފީ އަޑު އެހުންތައް މިހާރުވަނީ ނިމިފައެވެ. އެހެންނަމަވެސް އެ މައްސަލައިގެ ހުކުމެއް އަދި ނުކުރެ އެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް