ads
މައުލޫމާުތު ބަދަލުވާނަމަ މިމަހު 21 ގެ ކުރިން އައިޑީ ހަދަން ޖެހޭނެ- ޑީއެންއާރު
18 އަހަރު ވެގެން މައުލުމާތު ބަދަލުވާ ފަރާތްތަކުން މިމަހުގެ 21ގެ ކުރިން އައިޑީކާޑު ހެދުމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އަންގައިފިއެވެ

އެ އިދާރާއިން ބުނީ އެގޮތަށް ނިންމީ އަންނަ މަޖިލިސް އިންތިހާބަށް ވޯޓާސް ލިސްޓް ފައިނަލް ކުރަން ބޭނުންވާތީކަމަށެވެ.

ޑީއެންއާރުން ބުނީ 18 އަހަރު މަތީ މީހުން މައުލޫމާތު ބަދަލުވެގެން އައިޑީ ހަދަން ބޭނުންނަމަ މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން އެއިދާރާއަށް ހުށައަޅަންޖެހޭނެކަމަށެވެ. އަދީ އޭގެފަހުން މައުލޫމާތު ބަދަލުވެގެން ހުށައަޅާ މީހުންގެ ކާޑު ހަދާދެވޭނީ އެ މީހަކަށް މަޖިލިސް އިންތިހާބުގައި ވޯޓް ނުލެވުނުނަމަވެސް އެކަމަށް އެއްވެސް އިއުތިރާޒެއް ނެތްކަމަށް އެއްބަސްވާ ފަރާތްތަކުގެ އެަކަނި ކަމަށްވެސް ޑީއެންއާރުން ބުނެއެވެ.

އެހެންނަމަވެސް މަޖިލިސް އިންތިހާބަށް ފަހު ކުރިޔެކޭ އެއްގޮތަށް 18 އަހަރުން މަތީގެ މީހުންގެ މައުލޫމާތު ބަދަލުކޮށް އައިޑީ ހައްދާދޭނެކަމަށްވެސް  ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނެއެވެ.

މީގެ ކުރިން އިންތިހާބުތަކާއި ގުޅިގެން އައިޑީ ކާޑް އައުކުރަން ބުނަނީ އިންތިހާބާއި ދިމާކޮށް މުއްދަތު ހަމަވާ ފަރާތްތަކުގެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް