ads
ވެލައްސަރު ރިސޯޓު ކައިރިން މަރުވެފައި އޮތް ދިވެއްސެއް ފެނިއްޖެ..!
ވެލައްސަރު ރިސޯޓު ކައިރިން ކަނޑުމަތިން، މަރުވެފައި އޮތް ދިވެއްސެއް މިއަދު ފެނިއްޖެ އެވެ.

ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނީ ވެލައްސަރު ރިސޯޓު ކައިރިން ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނުނު ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 9:11 ހާއިރު ކަމަށެވެ. 

މަރުވެފައި އޮއްވައި ފެނިފައި ވަނީ ކ. އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރާ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް