ads
އެމްޑީޕީން ރައްޔިތުންގެ މަޖިލިސް ޕްރައިމަރީގެ ރީ-ރަޖިސްޓްރޭޝަން މުއްދަތު އިތުރުކޮށްފި
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު އެޕާޓީން އިތުރުކޮށްފި އެވެ.

މިއަދު އެމްޑީޕީން ނެރުން ނޫސް ބަޔާނުގައި ވާ ގޮތުން ކުރިޔަށް އޮތް މިއަހަރު މަޖިލީސް އިންތިހާބުގައި އެ ޕާޓީ ގެ ފަރާތުން ވާދަ ކުރައްވާނެ ކެންޑިޑޭޓޫން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލާން ރީރަޖިސްޓާ ކުރުމަށް ހުޅުވާލަފައިވާ މުއްދަތު 22 ޖަނަވަރީ 2024 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށް އިތުރުކުރެވިފައިވާކަމަށެވެ. 

ރީ-ރަޖިސްޓްރީ ކުރުމަށް ކުރިން ހުޅުވާލެވިފައިވަނީ 18 ޖަނަވަރީ 2024 ވަނަ ދުވަހުގެ 16:00 އާއި ހަމައަށެވެ.

އަދި މިއުލާންގައި އާއްމުކުރެވިފައިވާ ލިސްޓުގައިވާ ވޯޓުލާތަން ނޫން އެހެން ތަނަކަށް، (ރަށްވެހިވެފައިވާ ރަށް ނުވަތަ މާލެ) ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތުވެސް މިޝަކުވާގެ މުއްދަތުގައި ހުޅުވާލެވިފައިވާ ވާހަކަ އެމްޑީޕީން ވަނީ ކުރިން ބުނެފައިއެވެ. 

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މަޖިލީސް ޕްރައިމަރީ އަންނަ މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

އެމްޑީޕީއިން ކުރި އިއުލާނުގައިވާ ގޮތުން އެ ޕާޓީގެ ފަރާތުން 20 ވަނަ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅާ އިންތިހާބު އޮންނަނީ 3 ފެބްރުއަރީ ވާ ހޮނިހިރު ދުވަހު އެވެ.

އެގޮތުން 43 ދާއިރާއެއްގައި އެމްޑީޕީން ޕްރައިމަރީ ބާއްވާއިރު އެ ދާއިރާތަކުގައި ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު ކަމަށް އެމްޑީޕީން ބުނެ އެވެ.

މާޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ޕާޓީގެ މެމްބަރުންނަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތުގައި، އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކަށް ޕްރައިމަރީއަކާއި ނުލާ ވަނީ ޓިކެޓް ކަށަވަރުވެފަ އެވެ. 

އެގޮތުން 36 ފަރާތަކަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެފައިވާއިރު އޭގެތެރޭގައި މިހާރު ވެސް މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވަމުން ގެންދަވާ ބައެއް މެމްބަރުން ހިމެނެ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. އެހެންކަމުން އެމްޑީޕީގެ ޓިކެޓަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 14 ދާއިރާއަކަށް ކުރިމަތިލާފައިނުވާ ކަމަށް ދައްކަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް