ads
އިމާމުން ތަމްރީނު ކުރުމުގެ ފުރަތަމަ ބުރު ގއ. އަތޮޅުގައި ފަށަނީ
އިމާމުން ތަމްރީނު ކުރުމަށް ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމްގެ ފުރަތަމަ ބުރު ގއ. އަތޮޅުގައި ފެބްރުއަރީ މަހު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޑރ. ޝަހީމް މިރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިމާމުން ތަމްރީނު ކުރުމުގެ ފުރަތަމަ ބުރު އަންނަމަހު ގއ. އަތޮޅުގައި ފެށުމަށް ހަމަޖެހިފައި ވާއިރު، އެ ބުރުގައި 77 އިމާމުން ބައިވެރިވާނެ ކަމަށެވެ.

ރާއްޖޭގައި މިހާރު ވެސް 800 އެއްހާ އިމާމުން އެބަތިބި ކަމަށާއި، ރާއްޖޭގެ ހުރިހާ އިމާމުން ތަމްރީނު ކުރުމުގެ ގައުމީ މަޝްރޫއެއް އިއުލާނު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޒަމާނީ ދީނީ ގޮންޖެހުންތަކާއި އިލްމީ، އަހްލާގީ، ފިގުހީ މައްސަލަތަކަށް އަމާޒުކޮށް ރާއްޖޭގެ ހުރިހައި އިމާމުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއެއް އިއުލާންކުރެވޭނެ." މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވި އެވެ.

މިސްކިތްތަކާއި ބެހޭ ކަންކަމުގައި ލަފާދިނުމާއި މިސްކިތްތަކުގެ އިމާމުން ތަމްރީނު ކުރާނެ ގޮތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް މިހާރު ވަނީ އެކުލަވާލައިފަ އެވެ.

މީގެއިތުރުން ދިވެހިން އިސްލާމް ދީނަށް އަހުލުވެރި ކުރުވައި އަގީދާ ވަރުގަދަ ކުރުވުމަށްޓަކައި "ރިސާލަތު"ގެ ނަމުގައި ވެސް މިނިސްޓްރީން ވަނީ ޕްރޮގްރާމެއް އިފްތިތާހު ކޮށްފަ އެވެ.

އިސްލާމް ދީނަށް ލޯބިކުރާ މުޖުތަމައެއް އުފެއްދުމަށް މަސައްކަތް ކުރެއްވުމަކީ ރައީސ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް