ads
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން
ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް އޮތީ ހުއްޓިފައި: އުއްތަމަ ފަނޑިޔާރު
މާލޭގައި ޖިނާއީ މައްސަލަތައް ބެލުން ހުއްޓިފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ، "ޤަޟާއީ އަހަރު 2024" އިފްތިތާޙުކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.  

ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ އެހެން އަހަރުތަކޭ އެއްފަދައިން ފާއިތުވި އަހަރުވެސް ޝަރުއީ ދާއިރާއަށް އުމްރާނީ ތަރައްގީ ހީނަރުވެ، ޖާގައިގެ ދަތިކަމާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އެގޮތުން، ވާރޭ ވެހުމުގެ ސަބަބުން ބައެއް ކޯޓުތަކުގެ ތަކެއްޗަށް ގެއްލުންވެ، މަސައްކަތްތައް މަޑުޖެހުނުއިރު ކްރިމިނަލް ކޯޓު ހިންގަމުން އަންނަ އިމާރާތް ބާވެ މީހުން ހާޒިރުކޮށް މަސައްކަތް ކުރުމަށް ދަތިވުމުން މަސައްކަތްތައް ހުއްޓިފައި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ފަނޑިޔާރުން އިށީނދެވަޑައިގަންނަވާނެ އަދި މުވައްޒަފުން ތިއްބަވާނެ ނެތްކަން ފާހަގަ ކުރަން. ނަތީޖާއަކީ ޖިނާއީ ހުރިހާ މައްސަލަތައް މާލޭގައި މިވަގުތު ހުއްޓިފައިވުން. މިކަމަކީ މިހާރުން މިހާރަށް ދައުލަތުގެ އެންމެހާ ފަރާތްތައް ގުޅިގެން އަވަސް ހައްލެއް ހޯދައިދޭން ޖެހޭނެ ކަމެއް." ރައީސް މުހައްމަދު މުއިއްޒާއި ދައުލަތުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަތް އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އިތުރުން، ފެމިލީ ކޯޓާ ޑްރަގް ކޯޓާއި ބައެއް މެޖިސްޓްރޭޓް ކޯޓުތަކުގެ އިމާރާތްތައް ވެސް ބާވެ، ވިއްސާރައިގެ އަސަރު ކުރާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މިދިޔަ އަހަރު ވިއްސާރައިގެ ސަބަބުން ބައެއް ކޯޓުތަކުގެ މަސައްކަތް މެދުކަނޑައިލިއެވެ. ވިއްސާރައިގައި ފެމިލީ ކޯޓުގައި ފެން ބޮޑުވެ އެ ކޯޓުގެ މަސައްކަތްތައް ވެސް ވަގުތީ ގޮތުން ޖަސްޓިސް ބިލްޑިންއަށް ބަދަލުކުރި އެވެ.


މީގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމް ހުއްޓި، މުޖުމަތައަށް ނޭދެވޭ އަސަރު ކުރާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މިހާރުން މިހާރަށް ދައުލަތުގެ އެންމެން ގުޅިގެން އަވަސް ހައްލެއް އެކަމަށް ހޯދައިދޭން ޖެހޭކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. 

ޤަޟާއީ އަހަރު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިއްމު އެއް މަގުސަދަކީ ފާއިތުވި އަހަރުގެ ތެރޭގައި ޝަރުއީ ދާއިރާ އިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވީ މިންވަރު ދެނެގަނެ ފެށޭ އަހަރަށް ލަނޑުދަނޑިތައް ކަނޑައެޅުމެވެ.

މިރަސްމިއްޔާތުގައި ވަނީ ޝަރުއީ ދާއިރާއަށް 35 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް އެބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އަރުވާފަ އެވެ. އެ ބޭފުޅުންނާ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުއިއްޒެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް