ads
ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު އިންޑިއާ ސަފީރު މުނޫ މަހާވަރުއާ ބައްދަލުކުރައްވަނީ - ފޮޓޯ: ޑިފެންސް މިނިސްޓްރީ
އިންޑިއާ ސިފައިން ބޭލުމުގެ ދެވަނަ ބައްދަލުވުން ނިއު ދިއްލީގައި
ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމުގެ ދެވަނަ މަޝްވަރާ ބައްދަލުވުން އަންނަ މަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވުމަށް ނިންމައިފި އެވެ.
Advertisement

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް އިއްޔެ މީޑިއާތަކާ ބައްދަލުކުރައްވާ ވިދާޅުވީ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމުގެ މައްސަލައަށް ހައްލު ހޯދުމަށް އަންނަ މަހުގެ ކުރީކޮޅު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އިންޑިއާ-ރާއްޖެ ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިންޑިއާ ސިފައިން ބޭލުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިން ހިމެނޭހެން އެކުލަވާލާފައިވާ ކޮމިޓިގެ ފުރަތަމަ ބައްދަލުވުން މިދިޔަ އާދިއްތަ ދުވަހު ބޭއްވީ މާލޭގަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން ރާއްޖެ އާއި އިންޑިއާ އެއްބަސްވެފައިވާ ކަމަށް ދިވެހި ހާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރަންދީރު ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ހިމެނިފައިވާ ކަންކަމަކީ މަޝްވަރާ ކުރެވިފައިވާ ކަންކަން ކަމަށެވެ. އެކަމާ ގުޅިގެން އިތުރު ވާހަކައެއް އޭނާ ނުދައްކަވައެވެ. 

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ދިވެހި ސަރުކާރުން މިހާރު ވަނީ މުހުލަތެއް ދީފަ އެވެ. އެގޮތުން މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިން ބޭލުމަށް ވަނީ އަންގާފަ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން އިންޑިއާއަށް ވަރަށް ގިނަ ބަހުގެ ހަމަލާތަކެއް ވަނީ ދެއްވައިފަ އެވެ. އަދި އިންޑިއާއާ ވާދަވެރި ޗައިނާއާއެކު ގުޅުން ބަދަހިކޮށް އެ ގައުމުގެ ސަރުކާރާއެކު މިހާތަނަށް 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް