ads
ރާއްޖެ ނަކަލުކޮށް ބަންގްލަދޭޝްގައި "އިންޑިއާ އައުޓް" ކެމްޕެއިނެއް..!
ރާއްޖޭގެ "އިންޑިއާ އައުޓް" ހަރަކާތް ނަކަލުކޮށް ބަންގްލަދޭޝްގެ އިދިކޮޅު އެކްޓިވިސްޓުން އިންޑިއާއާ ދެކޮޅަށް ބޮއިކޮޓް ކެމްޕެއިނެއް ފަށައިފި އެވެ.

ބޭރުގެ ނޫހެއް ކަމަށްވާ ޔުރޭޝިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، މި ކެމްޕެއިނަކީ އެ ގައުމުގެ ބޮޑު ވަޒީރު ޝެއިހް ހަސީނާއަށް އިންޑިއާއިން ތާއީދު ކުރާތީ އެކަމުގެ ހިތްހަމަނުޖެހުން ތަކުގައި އިދިކޮޅު ބީއެންޕީން ފެށި ހަރަކާތެއް ކަމަށެވެ.

އިންޑިއާގެ އުފެއްދުންތައް ބޭނުން ކުރުން ހުއްޓާލަން ގޮވާލާ ކުރިއަށް ގެންދާ އެ ކެމްޕެއިނަކީ، މިހާރުގެ ސަރުކާރު ހިންގާ ޕާޓީން އިދިކޮޅުގައި އޮތް އިރު ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތުން ހިތްވަރު ލިބިގަނެގެން ފެށި ކެމްޕެއިނެއް ކަމަށް އެ ލިޔުމުގައި ވަނީ ސިފަކޮށްފަ އެވެ.

މި ކެމްޕެއިނުގައި ބަންގްލަދޭޝްގެ ސަރުކާރާ އިދިކޮޅު އެކްޓިވިސްޓުން ދަނީ އެގައުމުގެ ފަތުރުވެރިން އިންޑިއާށް އެއްވެސް ހާލެއްގައި ޒިޔާރަތް ނުކުރުމަށް ގޮވާލަމުންނެވެ. އަދި ތައުލީމު އުނގެނުމަށާއި ބޭޭސްފަރުވާއަށް ވެސް އިންޑިއާއަށް ނުދިއުމަށް އެ ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ.

މީގެއިތުރުން އިންޑިއާ މަސައްކަތް ކުރަނީ ހަމަނުޖެހުން އުފައްދައި، ސަރަހައްދީ އިގްތިސާދައް އަތްގަދަ ކުރުމަށް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފަ އެވެ.

ބީއެންޕީން ވަނީ އިންޑިއާއަށް ފާޑުކިޔާ ކޮންމެ ގައުމަކީ އިސްލާމީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް އިންޑިއާއިން "ލޭބަލް" ކުރާ ކަމަށް ބުނެ އެގައުމާމެދު ނުރުހުން ފާޅުކޮށްފަ އެވެ.

ރާއްޖޭގައި ހިންގި އިންޑިއާ އައުޓް ހަރަކާތަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ކޯލިޝަނުން އިދިކޮޅުގައި ހަރަކާތްތެރި ވިއިރު، ވަކިން ހާއްސަކޮށް މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ފޯރީގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އެ ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލާ ފެށި ކެމްޕެއިނެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް