ads
ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރުގެ ފީ އުވާލައިފި
ގެވެށި އަނިޔާގެ މައްސަލަތަކުގައި ރައްކާތެރިކަމުގެ އަމުރަށް އެދުމުގެ ފީ ނުނަގާ ގޮތަށް ހަމަ ޖައްސައިފި އެވެ.

ގެވެށި އަނިޔާގެ މައްސަލަތަކުގައި ރައްކާތެރިކަމުގެ އަމުރަށް އެދުމުގެ ފީ އަކީ 25 ފުރިޔާއެވެ. ފެމެލީ ކޯޓުން އާންމުކުރި، ގެވެށި އަނިޔާގެ މައްސަލަތަކާއި ގުޅިގެން ރައްކާތެރިކަމުގެ އަމުރަށް އެދި ހުށަހަޅާ ފޯމުގައި، ކުރިން ނަގަމުން ދިޔަ 25 ރުފިޔާގެ ފީ ދެއްކުމަށް ހިމަނާފައެއް ނުވެ އެވެ. އަދި ކުރިން 14 ސަފުހާ ހިމެނޭ އެ ފޯމު މިހާރު ވަނީ ހަ ސަފުހާއަށް ބަދަލުކޮށްފަ އެވެ.

އަނިޔާ ލިބޭ މީހާއަށް އިތުރަށް ފަސޭހަ ކޮށްދިނުމަށްޓަކައި، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމު، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލްގެ ތެރެއިން ފުރޭނޭ ގޮތް ހަމަޖައްސާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ގެވެށި އަނިޔާގެ މައްސަލަތަކުގައި ރައްކާތެރިކަމުގެ އަމުރަށް އެދުމުގެ ފީ ކަނޑާލަން ނިންމިކަން ހާމަކުރީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އޭނާގެ ބްލޮގުގައި ޝާއިއުކުރި ލިޔުމެއްގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް