ads
ގޯތި ދޫކުރުމުގެ މަސައްކަތް ދަނީ ހުއްޓުމެއް ނެތި ކުރިއަށް
މާލޭ ރައްޔިތުންނަށް ގޯތިދޫކުރުމުގެ މަސައްކަތުގައި ހިމެނޭ ހުރިހާކަމެއް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށް ސަރުކާރުން ބުނެފިއެވެ.
Advertisement

މިރޭ ސަލްޓަން ޕާކްގައި ބޭއްވި " މާލޭ ބިންވެރިންގެ ސައްލާ"ގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މަންދޫބެއްގެ ހައިސިއްޔަތުން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ރައީސްގެ ހާއްސަ މެސެޖެއް ދެއްވަމުން ވިދާޅުވީ ކުރީ ސަރުކާރުން ފަށްޓަވާފައިވާ ގޯތި ދިނުމުގެ މަޝްރޫއުގެ ދަށުން ކުރަން ޖެހޭ މުހިއްމު މަސައްކަތްތައް މިހާރުވެސް ކުރައްވަމުން އަންނަކަމަށެވެ. 

އެގޮތުން ގޯތިދޭން ކަނޑައެޅި ތަންތަނަށް ބިން އިތުރުކުރުމުގެ މަސައްކަތާއި އެތަންތަނުގެ އަސާސީ އިންފްރާސްޓްރަކްޗާ ގާއިމްކުރުމާއި ދަތުރުފަތުރުގެ ނިޒާމު ގާއިމްކުރުމުގެ އިތުރަށް ގޯތިތަކުގެ ރަޖިސްޓްރީ މީހުންނާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ފިރުޒުލް ވިދާޅުވި އެވެ.

 އަދި މި ހަތަރު މަސައްކަތްވެސް އެކުއެކީގައި އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ދެއްވާކަމަށް ފިރުޒުލް ވިދާޅުވިއެވެ. 

 ބިންތައް ހިކެމުންދާ ވަރަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރަމުން ގެންދާނެ ކަމަށާއި ވަގުތީ ގޮތުން ލިއުމެއް ދެވެން އޮތް ފަރާތްތަކަށް އެފަދަ ލިއުމެއް ދިނުމަށް މަސައްކަތް ކުރައްވާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ. 

ފިރުޒުލް ވިދާޅުވީ ގިރާވަރުފަޅުން ގާތްގަނޑަކަށް 50 ނުވަތަ 54 ހެކްޓަރު ހިއްކާ ނިންމާފައިވާކަމަށެވެ. އަދި ގުޅިފަޅުން ގާތްގަނޑަކަށް 94 ހެކްޓަރު ހިއްކާ ނިންމާފައިވާކަމަށާއި ހުޅުމާލެ ފަޅު ހިއްކުމުގެ ދެވަނަ ސެގްމެންޓްގެ މަސައްކަތް ކުރަމުންދާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.

 ފިރުޒުލް ވިދާޅުވީ ގޯތިދޫކުރާ ސަރަހައްދުތައް ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުހުއްޓޭ ކަމަށާއި އެތަންތަން ހިއްކަމުން އަންނަނީ ކުރިން ކަނޑައެޅި ވަރަށްވުރެ ބޮޑުކޮށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް