ads
ފުވަމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ވެންޓިލޭޓަރުގައި
ފުވަމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ވެންޓިލާރަށް ލައިފި ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ.

ރޭގެ ވަގުތެއްގައި ފުވައްމުލަކުގެ ބޮޑުފަންނު މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މިއަދު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައި ކަމަށް އައިޖީއެމްއެޗް އިން ސީއެންއެމްއަށް މައުލޫމާތު ދީފައިވެ އެވެ. 

އައިޖީއެމްއެޗްއިން އިތުރަށް ބުނިގޮތުގައި އޭނާ މިވަގުތު އޮތީ އެމެޖީސީންކޮށް ވެންޓިލޭޓަރަށްލަފައިކަމަށެވެ.

ފުލުހުން މީޑިޔާއަށް ވިދާޅުވި ގޮތުގައި އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެ، ފާރެއްގައި ޖެހިގެން ކަމަށެވެ. 

އެ ސިޓީގެ ބޮޑުފަންނު މަގުގައި މި އެކްސިޑެންޓް ހިނގީ ރޭ 10:00 ޖެހި ހާއިރުއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވީ 30 އަހަރުގެ ދިވެހި ފިރިހެނަކަމަށާއި އޭނާ މާލެ ގެނައީ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިއަދުކަމަށެވެ. 

ފުލުހުން ވިދާޅުވީ މި މައްސަަލަ މިހާރު ތަހުގީގުކުރަމުން ދާކަމަށާއި މިކަމާއި ގުޅުން ހުރި މައުލޫމާތު އާންމުކުރަމުން އަންނާނެކަމަށެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް