ads
ރާއްޖޭގެ ސަލާމަތީ ކަންކަމަށް އެއްބާރުލުން ދޭނަން: އެމެރިކާ
ރާއްޖޭގެ ސަލަަމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި އެމެރިކާއިން އެއްބާރުލުން ދެމުންގެންދާނެ ކަމަށް އެމެރިކާ އަސްކަރިއްޔާގެ އިންޑޯ-ޕެސިފިކް ކޮމާންޑް އެޑްމިރަލް ޖޯން އެކުއިލިނޯ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމެރިކާ އިންޑޯ-ޕެސިފިކް ކޮމާންޑް މިއަދު ބޭއްވެވި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، ރާއްޖޭގެ މިނިވަންކަމާއި ސަލާމަތާ ރައްކާތެރިކަން ދެމެހެއްޓުމުގެ މަސައްކަތުގައި، ކުރިއަށް އޮތަތާގައި ވެސް އެމެރިކާއިން އެއްބާރުލުން ދޭނެ ކަމަށް އެޑްމިރަލަ ޖޯން ވިދާޅުވި ކަމަށެވެ.

މިއަދު ހެނދުނު ރައީީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، އެމެރިކާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރެއްވައ، މުސްތަގުބަލުގައި އިތުރު ދާއިރާ ތަކުން ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން ވެސް އެޑްމިރަލް ޖޯން ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ އެއްއެންޑީއެފްގެ ގާބިލިއްޔަތުކަން އިތުރުކުރުމަށް އެމެރިކާއިން ދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

"މީގެ އިތުރުން، ރާއްޖޭގެ އިސްތިގުލާލާއި އަމާންކަން އަދި ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމެރިކާ އިން ދޭ އެއްބާރުލުން އެގޮތަށް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވާފައިވޭ" ރައީސް އޮފީހުން ބުންޏެވެ.

މީގެއިތުރުން ދިވެހި ސިފައިންގެ ތަމްރީނުތަކަށް އެމެރިކާއިން ފުރުސަތު ފަހި ކޮށްދޭކޮށްދޭކަން ވެސް ރައީސް ވަނީ ފާހަގަކުރައްވަ އެވެ.

ރައީސްގެ އެ ވާހަކަފުޅަށް ޖަވާބުދެއްވައި އެޑްމިރަލް ޖޯން ވަނީ އެމެރިކާ އިން ދިވި އަސްކަރިއްޔާ ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުރިއަށް އޮތަތާގައި ވެސް އެމެރިކާ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް