އައިޔޫއެމްގެ ރ. އުނގޫފާރު ލަރނިންގ ސެންޓަރ ހުޅުވައި ދެއްވީ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު އެވެ.
އުނގޫފާރު އިސްލާމިކް މިނިސްޓްރީގައި ޖެނުއަރީ އިންޓޭކްގެ 5 ކޯހެއް ފެށޭނެކަމަށާއި އަދި ޑރ. އަފްރާޝީމް ގެ އުފަން ރަށްކަމަށްވާ އުނގޫފާރުގައި އައިޔޫއެމްގެ ލާނިންގ ސެންޓަރެއް ހުޅުވިގެން ދިއުމަކީ އެމަނިކުފާނު ޔުނިވަސިޓީއަށް ކޮށްދެއްވާފައިވާ ހިދުމަތުގެ މަތީން ހަނދާން އާވެގެންދިޔަ ކަމެއް ކަމަށް ޑރ. އަލީ ޒާހިރު ވިދާޅުވި އެވެ.
ރާއްޖޭގެ ދެކުނުގައި އައިޔޫއެމްގެ ކެމްޕަސް ހިންގުމަށް ގދ. ތިނަދޫގައި ހުރި އިސްލާމީ މަރުކަޒުވެސް ދާދި ފަހުންވަނީ އިސްލާމީ ޔުނިވަރސިޓީ އާއި ހަވާލުކުރައްވާފަ އެވެ.
އަދި މި ޖެނުއަރީމަހު ތިނަދޫ ސެންޓަރުގައިވެސް ކޯސްތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.