ސަރުކާރުގެ ހިންގުމުގެ ހަރަދު ކުޑަކަމަށް ދައްކާފައި ވަނީ ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މާލީ ހިސާބުތަކުގައެވެ.
މި ސަރުކާރުން މާލީ ހިސާބުތައް އާއްމުނުކުރާކަމަށް އިދިކޮޅު ފަރާތްތަކުން ބުނިކަމުގައިވީނަމަވެސް، ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައި ވަނީ މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށް ދައުލަތުން ކޮށްފައިވާ ހަރަދުތަކާއި ލިބިފައިވާ އާމްދަނީގެ އެންމެހާ ތަފްސީލްތައް ހާމަކޮށްފައެވެ.
މިދިޔަ އަހަރު އެ މުއްދަތުގައި، ކުރީ ސަރުކާރުގެ ހަރަދު ހުރީ 993.4 މިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނު 474.7 މިލިއަން ރުފިޔާއަށްވުރެ 84.4 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
މިނިސްޓްރީން ވިދާޅުވީ އާ އަހަރުގެ ބަޖެޓަށް ރިޕޯޓު ނިޒާމަށް ބަދަލު ގެނައުމަށްފަހު ރިޕޯޓްތައް އަލުން ނެރެން ފެށުނު ކަމަށާއި މިއަހަރުގެ ފުރަތަމަ ދެ ހަފްތާގެ ރިޕޯޓް މިނިސްޓްރީގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ރިޕޯޓްތަކަށް ބަލާލާއިރު ޖެނުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 390 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، 524 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.
ރިކަރަންޓް ހަރަދުގެ ތަފްސީލަށް ބަލާއިރު، އިދާރީ ހިންގުމަށް 361.8 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ދަށް އަދަދަކެވެ. މިދިޔަ އަހަރު މި މުއްދަތުގައި އިދާރީ ހިންގުމަށް 511.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މުސާރައާއި އިނާޔަތްތަކަށް 4.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 5.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ރިކަރަންޓް ހަރަދުގެ އިތުރުންވެސް، ދައުލަތުގެ އެހެން ބައެއް ހަރަދުތައްވެސް މިދިޔަ އަހަރުގެ ފުރަތަމަ 11 ދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 11 ދުވަހު ކުޑަކަމަށް މާލީ ހިސާބުތަކުން ދައްކައެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނެކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.