ads
މަކަރާއި ހީލަތުގެ މައްސަލައެއްގައި ދެމީހަކު ހޯދަނީ!
ހުޅުމާލެ ފޭސް ދޭއްގެ ޕޮލިހުން ބަލަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ދެ މީހަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ.

ފުލުހުން ހާމަކުރި ގޮތުގައި މަކާރައި ހީލަތުގެ މައްސަލައިގައި ހޯދަނީ ޅ. ނައިފަރު / ސައިމާގެ، އުމުރުން 31 އަހަރުގެ މަރިޔަމް ސައީދާ އާއި މ. މުލި / ނައިޓްރޯސް، އިސްމާއީލް ހަމީދު (37އ) އެވެ.

މި ދެމީހުން އަންނަ ހޮނިހިރު ދުވަހުގެ 10:00 އަށް ހުޅުމާލޭ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އަންގާފައިވާއިރު މި ދެމީހުން ޕޮލިހަށް ހާޒިރުކުރަނީ ތުހުމަތުވާ މައްސަލައާ ގުޅިގެން ތަހުގީގަށް ހާޒިރުކޮށް ސުވާލު ކުރުމަށެވެ.

އެ މީހުން ހޯދަން އިއުލާނު ކޮށްފައިވަނީ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ކަމަށް ފުލުހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް