އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ޕާޓީގެ މެންބަރުން 25 ޖެނުއަރީ 2024 ގެ 14:00 ގެ ކުރިން ގޫގުލް ފޯމު ހުށަހަޅަން ޖެހެއެވެ.
އެމްޑީޕީގެ ޕްރައިމަރީ 3 ފެބްރުއަރީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ޕާޓީ އިން 43 ދާއިރާ އަކުން ވާދަކުރަން ހަަމަޖެހިފައިވެ އެވެ. އެމްޑީޕީގެ ޕްރައިމަރީ އަކާއި ނުލާ ބައެއް މެންބަރުންނަށް އެމްޑީޕީގެ ޓިކެޓު ކަށަވަރުވެފައިވެ އެވެ.
ޕްރައިމަރީއަކާއި ނުލާ ޕާޓީ ޓިކެޓް ކަށަވަރުވެފައިވާ ބައެއް ފަރާތްތަކަކީ:
މާޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ޕާޓީގެ މެމްބަރުންނަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތުގައި، ދާއިރާއަށް އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ މީގެކުރިން ވެސް 36 ފަރާތަކަށް ވަނީ އެ ޕާޓީގެ ޓިކެޓް ކަށަވަރުވެފަ އެވެ.