ads
އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ އަތޮޅުތަކަށް ދެނީ
މާލޭ ބޮޑުތަކުރުފާނު މަގު، ނޯތު ހާބަރު ސަރަހައްދުގައި ހުންނަ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އަތޮޅުތަކަށް ދޭން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

 މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި މޭޔަރާއި މެމްބަރުންގެ ހުވާކުރުމުގެ ދަރުބާރުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މާލޭގައި އަތޮޅު ފިހާރަތައް ހުރި ނަމަވެސް އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އަތޮޅުތަކާއި ހަވާލުކުރަމުން ނުދާކަމަށެވެ.

ނަމަވެސް މިސަރުކާރުން އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅުތަކަށް ލިބޭނެ ގޮތައް ހަމަޖައްސަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

އެފައިސާ އަތޮޅު ކައުންސިލްތަކާއި ހަވާލުކުރުމުން އެ މަސައްކަތް އެކައުންސިލްތައް ލައްވާކުރެވޭނެކަމަށް ވިދާޅުވި އެވެ.

 މިހާރުވެސް އެގޮތައް ހަވާލުކުރަން ޖެހޭ ނަމަވެސް ހަވާލުނުކޮށް ހުރި ފައިސާ ހުރިކަމަށާއި، ނަމަވެސް ކުރިއަށް އޮތްތަނުގައި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެކަން ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

"އެ އަތޮޅަކަށް ނިސްބަތްވާ ފައިސާގެ އަދަދުން އެ ރޭޝިއޯއަށް  ހަވާލުކުރަމުންދާނަން." ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް