ads
ސަނާގެ ކައިވެނީގެ ފޮޓޯއެއް އާންމުކުރުން ގިނަބައެއްގެ ފާޑުކިއުން
ޕާކިސްތާނުގެ އެކްޓަރު ސަނާ ޖާވިދުގެ ކައިވެނީގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ގިނަބަޔަކު އޭނާއަށް ފާޑުކިޔައިފިއެވެ.

ސަނާގެ ފޮޓޯއަށް ގިނަބަޔަކު ފާޑުކިޔާފައިވަނީ، އިންޑިއާގެ ކުރީގެ މަޝްހޫރު ޓެނިސްކުޅުންތެރިއާ ސާނިޔާގެ ކުރީގެ ފިރިމީހާ ޝޮއިބް މާލިކު އާއި ސަނާ ކައިވެނިކުރުމުންނެވެ. 

ފާޑުކިޔާ މީހުން ބުނަނީ ޝޮއިބް އަކީ ކައިވެނިކޮށްގެން އުޅެމުން އެހެން އަންހެނުން ކައިރިއަށް ދާ މީހެއްކަމަށެވެ. 

"އަދިވެސް ބާރަށް ހިފަހައްޓާ ނޫނީ ޝޮއިބް އެހެން މީހެއް ގާތަށް ގޮސްދާނެ،" ސަނާގެ ކައިވެނީގެ ފޮޓޯއަކަށް ކޮމެންޓު ކުރި މީހަކު ބުނެފައިވެއެވެ. 

ސަނާއާއި ޝޮއިބް ކައިވެނިކޮށްފައިވާއިރު، އެންމެ ފަހުން ޝޮއިބް ވަރިކުރީ މުުތުލަގު ވަރިއަކުން އޭނާގެ ކުރީގެ އަނބިމީހާ ސާނިޔާއެވެ. ސާނިޔާ އޭނާގެ ފިރިމީހާ ވަރިކުރަން ނިންމީ ކައިވެނީގެ ބޭރުން ގިނަ ގުޅުންތަކެއް ޝޮއިބް ބާއްވަމުން އަންނަކަން ހާމަވުމުންކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

ޝޮއިބް އާއި ސަނާ ކައިވެނިކޮށްފައިވާއިރު މިއީ ސޮއިބް ކުރި ތިން ވަނަ ކައިވެންޏެވެ. 

ޝައޮބްގެ ކައިވެނީގެ ހަފްލާއަށް އޭނާގެ އާއިލާ އެއްވެސް މީހަކު ހާޒިރު ނުވާކަމަށް ވެސް ވަނީ ހަބަރު ލިބިފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް