ads
މާލެ ސާފުކޮށް ބޭއްވުމަށް ރައްޔިތުންގެ އެއްބާރުލުން މުހިއްމު: އާޒިމް
މާލެ ސިޓީ ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިއްމު ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މާލޭގެ މަގުތަކަށް ކުނި އެޅުން ވަރަށް ބޮޑަށް އާންމު ވެފައިވާ ކަމަށާއި، އެކަން ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އާޒިމް ވިދާޅުވީ މާލޭގެ މަގުތައް ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި އާންމު ރައްޔިތުންގެ އެއްބާރުލުން ކައުންސިލައް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން ފުޅިއާއި ޕެކެޓް ފަދަ ތަކެތި ބުއިމަށްފަހު މަގުމައްޗަށް ވައްޓާލުމުގެ އާދައާއި ދުރުހެލިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެންވެސް ބޭނުންވަނީ ރީތި ސާފު މާލެއެއް، ތާހިރު މާލެއެއް، ތަނަވަސް މާލެއެއް، އެހެންކަމަށް ވަންޏާމުން އެއީ އެންމެން އެގޮތަށް އެދެންވާނެ، އެންމެން އެކަން އެގޮތަށް ކޮށްދެއްވީމަ އަޅުގަނޑުމެންނަށް މިކަން ފަސޭހަ ވެގެންދާނެ." މޭޔަރު އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ މަގުމައްޗަށް ކުނި އެޅުން ހުއްޓުވުމުގައި ސްކޫލް ތަކާއި ބެލެނިވެރިން ވެސް ޒިންމާ އަދާކުރައްވަން ޖެހޭ ކަމަށެވެ. އެގޮތުން ބެލެނިވެރިން ކުދިން ގޮވައިގެން ދަމުން ޕެކެޓް ފަދަ ތަކެތި މަގުމައްޗަށް ދޫކޮށްލުން ފަދަ ކަންކަން ނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

ސިޓީ ކައުންސިލުން މަސައްކަތް ކުރާނީ މާލެއަކީ ސާފުތާހިރު ތަނަކަށް ހެދުމަށް ކަމަށާއި، އެކަން ހާސިލް ވާނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް އާޒިމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް