ads
މާލޭގައި ވެހިކަލް ދުއްވޭނެ ލިމިޓް ހަ މަސް ތެރޭ ކަނޑައަޅަނީ
މާލޭގައި ވެހިކަލް ދުއްވޭނެ އަދަދު ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ކަނޑައަޅާނެ ކަމަށް މާލޭ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިފަދައިން ވިދާޅުވެފައިވަނީ މޭޔަރ ކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޕާކިން ބިލްޑިންތައް އެޅުމުގެ މަސައްކަތްތައް ހައުސިން މިނިސްޓްރީން ކުރާ ގޮތަށް ހަމަޖައްސާފައި ވާއިރު، އެ ތަންތަނުގެ މަސައްކަތްތައް އަވަސް ކުރަން މިނިސްޓްރީއާ މަޝްވަރާ ކުރައްވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައްޔިތުންނަށް ދަތިވާ ގޮތަށް މާލޭ މަގުތައް ފުރާ ވެހިކަލްތައް ހުރުން. އެއީ ފަސޭހަވާނެ ކަމެއް ނޫން. މި ކަމަށް އަޅުގަނޑުމެން އަވަސް ހައްލެއް، ދާއިމީ ހައްލެއް ގެންނަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

މާލޭގެ ޕާކިން މައްސަލައަށް އަލިއަޅުއްވާލައްވާ އާޒިމް ވިދާޅުވީ ސަރުކާރާ ގުޅިގެން އެކަމަށް ހައްލު ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ޕާކިން މައްސަލައަށް ހައްލު ލިބިއްޖެނަމަ ޓްރެފިކް މައްސަލަ ވެސް ފަސޭހައިން ހައްލު ވެގެން ދާނެ ކަމަށެވެ.

ވެހިކަލްގެ އަދަދު ކޮންޓްރޯލް ކުރުމާއި ގަރާޖު ސިޓީގެ މައްސަލަ ހައްލު ކުރުން ފަދަ ކަންކަމުގައި އެހީތެރިވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަރިހުގައި ވެސް އެދިފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. މިނިސްޓަރުގެ ފަރާތުން އެކަމަށް އެއްބާރުލުން ލިބޭނެ ކަމަސް ވިދާޅުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ގަރާޖު ސިޓީގެ ކަންކަން ސިޓީ ކައުންސިލްގެ ތެރެއިން ވެސް އެންމެ ރަނގަޅަށް ނުހިނގާކަމަށް މައުލޫމާތު ލިބޭ، އަޅުގަނޑަކީ ކަންކަން އުސޫލުގެ ތެރެއިން ހިންގުމަށް މަސައްކަތް ކުރާ މީހެއް، ގަރާޖު ސިޓީގެ މައްސަލަ ހައްލު ކުރަންވެސް ޓްރާންސްޕޯޓް މިނިސްޓްރީ އާއެކު މަސައްކަތް ކުރަން ޖެހޭ،" އާޒިމް ވިދާޅުވި އެވެ.

މޭޔަރުކަމަށް ވާދަ ކުރައްވާ ކުރެއްވި ކެމްޕެއިންގައި އާޒިމް ލޯންޗު ކުރި "ފެހި ތަނަވަސް މާލެ" މެނިފެސްޓޯ ގައި މާލޭގައި ފާހަގަކުރެވޭ ގިނަ މައްސަލަތަކަށް ހައްލު ހުށަހަޅުއްވާފައިވެ އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް