ads
ޕްރެކްޓިކްސް ޕާލަމެންޓް ފޯ ވިމެންގެ ކުރީގެ ޕްރޮގްރާމެއްގެ ތެރެއިން
"ޕްރެކްޓިސް ޕާލަމެންޓް ފޯ ވިމެން" ގައި ބައިވުމަށް
ޕްރެކްޓިސް ޕާލަމެންޓް ފޯ ވިމެންގެ ހަވަނަ ޕްރޮގްރާމްގައި ބައިވުމުގެ ފުރުސަތު ހުޅުވާލައިިފި އެވެ.

"ޕްރެކްޓިސް ފޯ ޕާލަމެންޓް ފޯ ވިމެން" މި ޕްރޮގްރާމަކީ އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް( ޑީއެފްއޭޓީ) ގެ އެހީތެރިކަމާއެކު ރައްޔިތުންގެ މަޖިލީހާއި އދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް(ޔޫއެންޑީޕީ) ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ސިލްސިލާ ޕްރޮގްރާމް މަގުސަދަކީ ޑިމޮކްރަޓިކް މަރުހަލާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް މުޖުތަމައުތަކުގައި ބަދަލު ގެނައުމަށް މަސައްކަތް ކުރާ ބަޔަކަށްވެ ހޯދައިދިނުމެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ 18 ފެބްރުއަރީ އިންފެށިގެން 24 ފެބްރުއަރީ އަށެވެ. އަދި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ޔޫއެންޑީޕީ މޯލްޑިވްސް ގެ ނަންބަރު 9397651 އަށް ފުރިހަމަ ނަން، އައިޑީ ނަންބަރު އަދި މިހާރު ދިރިއުޅެމުންދާ ރަށުގެ މައުލޫމާތު މެސެޖުކުރަން ޖެހޭނެއެވެ. 

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތުތަކަކީ:

  • ދިވެހި އަންހެނަކަށްވުން
  • އުމުރުން 25 އަހަރުން މަތީގެ މީހަކަށްވުން
  • ރާއްޖޭގައި ދިރިއުޅޭ ފަރާތަކަށްވުން
  • އިވެންޓްގެ ހުރިހާ ދުވަހެއްގެ ހުރިހާ ދުވަހެއްގެ ހުރިހާ ސެޝަނެއްގައި ބައިވެރިވެވުން
  • މި ޕްރޮގްރާމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޖާގަ ވަނީ ކަނޑައެޅިފައެވެ.

ޕްރެކްޓިސް ޕާލަމެންޓް ފޯ ވުމެން މި ޕްރޮގްރާމް ކުރިއަށް ދާނީ މާލޭގައެވެ. އަދި ހަމައެހެންމެ މާލެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް މާލެއަށް ދަތުރުކުރުމާއި އެކަމާއި ގުޅުން ހުރި އެހީތެރިކަން ވެސް ފޯރުކޮށްދޭނެއެވެ.

މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާ މި ޕްރޮގްރާމްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 250 އަށް ވުރެ ގިނަ އަންހެނުންނާއި ޒުވާނުން އަދި ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ވެސް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް