ads
ހޭންޑްބޯލް އިވެންޓެއްގެ ތެރެއިން
ހޭންޑްބޯލްގެ އަހަރީ އާއްމު ޖަލްސާ ވެސް ފަސްކޮށްފި
ހޭންޑްބޯލް އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާ ވެސް މުއްދަތެއް ނެތް ގޮތަށް އެ އެސޯސިއޭޝަނުން ފަސްކޮށްފި އެވެ. މާރިޗު މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ހޭންޑްބޯލް އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާ ފަސްކުރީ ކޮރޯނާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
Advertisement

ހޭންޑްބޯލް އެސޯސިއޭޝަނުން ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފަސްކުރި، އެ އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާ ދެން ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

"ދުނިޔޭގައި ހަލުއި ކަމާއި އެކު ފެތުރެމުންދާ، ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، ދިވެހިރާއްޖޭގެ ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވުމާއި އަދި މި ފަދަ ދަނޑިވަޅެއްގައި މީހުން އެއްވެ ނޫޅުމަށް ސިއްހީ އިދާރާތަކުން އިރުޝާދު ދެއްވާފައިވާތީވެ، މި އަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ވާހަކަ އެންމެހާ މެންބަރު ކުލަބުތަކަށް އަންގަމެވެ"

ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ކުޅިވަރު ހަރަކާތެއް ވަނީ ހުއްޓިފަ އެވެ. އޭގެ ތެރޭގައި އެކި ކުޅިވަރު އެކަޑަމީތަކުން ހިންގާ ހުރިހާ ހަރަކާތަކާއި އިންޓަ ސްކޫލް ކުޅިވަރު މުބާރާތްތަކާއި ގައުމީ ފެންވަރުގެ މުބާރާތްތައްވެސް ހިމެނެ އެވެ. ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާނުކޮށް، ކުޅިވަރު ދަނޑުތައް ވެސް ބަންދު ކޮށްފައިވާއިރު، ދެން އަލުން ދަނޑުތައް ހުޅުވި ކުޅިވަރުތައް ފެށޭނެ ތާރީހެއް ވެސް އަދި ނޭނގެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް