ads
ގެ ދޮރުވެރިއާ ގެ ދަށުން ދޭ ފްލެޓްތައް:-
ލިސްޓު ނިމޭތާ 3 ދުވަސް ތެރޭގައި ސޮއި ކުރުމުގެ ކަންކަން ކުރިޔަށް ގެންދާނެ: އެފްޑީސީ
ފްލެޓޫގެ ލިސްޓު ނިމޭތާ 3 ދުވަސް ތެރޭގައި ސޮއި ކުރުމުގެ ކަންކަން ކުރިޔަށް ގެންދާނޭކަމަށް ފަހި ދިރިއުޅުން ކޮޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.

އެފްޑީސީން މިއަދު އެ ކޮޕަރޭޝަންގެ ފޭސްބުކް ޕެޖުގައި އާންމުކުރި ވީޑިޔޯއެއްގައި ބުނާ ގޮތުން މިހާރު ފްލެޓު ލިސްޓު ނިންމާލުމަށް ތައްޔާރުވަމުން އަންނަކަމަށާއި އެއްބަސްވުންތައް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. މީގެ އިތުރުން ލިސްޓުގެ ކަންކަން ނިމޭތާ 3 ދުވަސް ތެރޭގައި ސޮއިކުރުމަށް ގުޅާނޭކަމަށް އެ ވީޑިއޯގައި ބުނެއެވެ. 

މީގެ އިތުރުން ލިސްޓުގެ ކަންތައް ނިމުނުހާ އަވަހަކަށް އެކަމާއި ގުޅުން ހުރި ކަންކަން ފްލެޓު ލިބޭ މީހުންނަށް އަންގަމުންދާނޭކަމަށް އެ ކޮޕަރޭޝަން އިން ބުނެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެފްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ކުންފުންޏަކާ ހަވާލުކޮށްގެން 32 ހައުސިން ޓަވަރު އަންނަނީ އަޅަމުންނެވެ. 

އަަދި، މިދިޔަ މަހުގެ ތެރޭގައި އެ ކުންފުނިން ވަނީ، މި އަހަރުގެ މާޗު މަހުގެ ތެރޭގައި ފުރަތަމަ 4000 ފުލެޓަށް ވަދެވޭވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން 4000 ހައުސިން ޔުނިޓު ތަރައްގީ ކުރާއިރު، އެ ޔުނިޓުތައް ހަވާލުކުރާނީ ކޮންމެހެން ބޭނުންވާ، ޒަރޫރީ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް ފަހުގައި ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެ އެވެ.

އެ ޓަވަރުތަކުގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާއަކީ ވިޔަފާރިތަކަށް ހުޅުވައިލާ ތަންތަނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް