
އިންޑިޔާގެ ކޯޗު ސްޓިމަކް
އިންޑިޔާއިން ހުސްއަތާ އޭޝިއަން ކަޕް ނިންމާލައިފި
ސްޕޯޓްސް ޓީމް
23 ޖެނުއަރީ 2024 - 22:35:44
އޭޝިއަން ކަޕުގައި ކުޅުނު ތިން މެޗުންވެސް ބަލިވެ، އަދި ލަނޑެއްވެސް ނުޖެހި އިންޑިޔާއިން މުބާރާތް ނިންމާލައިފިއެވެ.
އިންޑިޔާގެ ފަހު މެޗުގައި މިއަދުވަނީ ސީރިއާ އަތުން އެއް ލަނޑު ސުން ލަނޑުން ބަލިވެފައެވެ. މިއަދު ސީރިއާ އަތުން ބަލިވިއިރު، ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ އަތުން ދެ ލަނޑު ސުން ލަނޑުން އަދި ދެވަނަ މެޗުގައި ތަޖިކިސްތާނު އަތުން ތިން ލަނޑު ސުން ލަނޑުން ބަލިވިއެވެ.
އިންޑިޔާއިން މުބާރާތުގައި ލަނޑެއްވެސް ނުޖެހި ނިންމާލަން ޖެހުމުން އެ ގައުމުގެ ކޯޗަށް އެ ގައުމުގެ މީޑިއާތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. މި އަހަރު، ހުސްއަތާ ނިންމާލިއިރު، އެންމެ ފަހުން އޮތް އޭޝިއަން ކަޕުގައި އިންޑިޔާވަނީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައެވެ. އަދި އެ މުބާރާތުގައި އިންޑިޔާއިން ހަތަރު ގޯލުވެސް ޖެހިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް