ads
ޕޮލިސް
ފުލުހުންގެ ތަހުގީގަށް ތިން މީހަކު ހޯދަނީ
މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ތިން މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން ހޯދަން އިއުލާނުކޮށްފައިވާ ތިން މީހުންނަކީ ބ. ގޮއިދޫ/ހީނާމާގެ، އަހްމަދު ޔާނިސް، އއ. ފެރިދޫ/ބަހާރީގެ، މުހައްމަދު ޝާން ގެ އިތުރުން ކ. މާލެ/އަނދުންގެ، އިބްރާހީމް ޝަމީމް އެވެ.

މި ތިން މީހުންވެސް ހޯދުމަށް އިއުލާނުކޮށްފައިވަނީ ހުޅުމާލޭ ފޭސްދޭއް ގެ ޕޮލިހުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުންގެ އިއުލާނުގައި ވާގޮތުގައި މިތިން މީހުން ހޯދުމަށް ފުލުހުން އިއުލާނުކޮށްފައި ވަނީ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ އުޅޭ ވަކި ތަނެއް ނޭންގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ހަވާލު ކުރެވިފައި ނުވުމުގެ ސަބަބުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

މީގެ އިތުރުން ގެ އިއުލާނުގައި ވަނީ މި ތިން މީހުން ފުލުުހަށް ހާޒިރުކުރަނީ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށާއި އަދި ހުޅުމާލޭ ފޭސް 2 ގެ ޕޮލިސްސްޓޭޝަނަށް 31 ޖަނަވަރީ 2024 ވަނަ ދުވަހުގެ 10:00 އަށް ހާޒިރު ވުމަށް ވެސް ވެއެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ދުވަހެއް ދުވަހެއް ދަނީ މައްޗަށެވެ. މިފަދަ ކަންކަމަށް އާންމުން ހޭލުންތެރިވެ އެޅެންހުރި ފިޔަވަޅެއް އެޅުން މުހިންމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް