ads
ސަރުކާރުގެ ކާޑު ބަހަން ރަށުގައި ތިބި މީހުންގެ އަދަދު ހޯދަނީ
ރޯދަމަހަށް ސަރުކާރު ދޭ ކާޑުގެ ބާވަތްތައް ދިނުމަށް ބައެއް ރަށްރަށުން އެރަށުގެ ގޭބިސީތަކުގެ މައުލޫމާތު އެއްކުރަން ފަށައިފިއެވެ.
Advertisement

އަންނަ ރޯދަމަހު ކޮންމެ ގޭބިސީއަކަށް ހަނޑު ބަސްތާއަކާއި ފުއް ބަސްތާއެއް ދެއްވާނެކަމަށް ރައީސް ޑރ މުއިއްޒުވަނީ ވިދާޅުވެފައެވެ. ވެރިކަމަށް ވަޑައިގެން ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުށްފަހު ޗައިނާއިން އެނބުރި ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ކޮންމެ ގޭބިސީއަކަށް ދޭނީ 10 ކިލޯ ހަނޑޫ ބަސްތައާކާ 10 ކިލޯގެ ފުއް ބަސްތާއެއްކަމަށެވެ. 

މި ތަކެތި ދޫކުރާނެ ގޮތެއް އަދި ސަރުކާރުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް ބައެއް ރަށު ކައުންސިލްތަކުން މިހާރު ވަނީ ކާޑު ބަހަން ގޭބިސީތަކުގެ މައުލޫމާތުތައް އެއްކުރަން ފަށާފައެވެ. ބައެއް ކައުންސިލްތަކުން އެދިފައިވަނީ އެރަށުގެ ގޭބިސީތަކުގައި ވަކިން ކައްކައި ކައިބޮއި ހަދާ އާއިލާތަކުގެ ޢަދަދު ކައުންސިލްތަކަށް އަންގާ ދިނުމަށެވެ.

ރާއްޖޭގައި ކާޑުގެ ބާވްތަތައް ވިއްކާ އަގަށް ބަލާއިރު ސަރުކާރުން ކާޑުގެ ބާވަތްތައް ދިނުމަށް ގޭބިސީއަކަށް ހަރަދުވާނެކަމަށް ބެލެވެނީ 86 ރުފިޔާއެވެ.

ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރަމުން އަންނަ އިންޑީއާއަށް ނުސީދާ ބަހުގެ ހަމަލާތައް ދެއްވަމުން ރައީސް މުއިއްޒުވަނީ ތުރުކީ ވިލާތުން ކާޑުން ބާވަތްތައް ގެންނަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އަދި އަހަރަކާއި 10 އިންސައްތައަށް ވާވަރަށް ކާޑު ގެންނަން ފައިސާ ދައްކާ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ. އަދި ފުރަތަމަ ޝިޕްމެންޓް އަންނަ މަހުގެ ތެރޭގައި އަންނާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް